ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ސްކޫލު ބަންދާ ދިމާކޮށް، ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ހާއްސަ ދަތުރުތަކެއް ކުރުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ނިންމައިފިއެވެ.
މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަން ސާވިސަސް އިން މައުލޫމާތު ދެއްވި ގޮތުގައި، ސްކޫލުތަކުގެ މިޑްޓާމް ޗުއްޓީއާ ގުޅުވައިގެން ބާއްވާ މި ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހު ބެންކޮކަށް ދަތުރުތައް އޮންނާނެ ކަމަށް އެ އެއާލައިނުން ހާމަކުރެއެވެ.
ތާވަލުކުރެވިފައިވާ ދަތުރުތަކުގެ ތަފްސީލަށް ބަލާއިރު، ޑިސެމްބަރު މަހުގެ 8، 15، 22 އަދި 29 ވަނަ ދުވަހު ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައު އަހަރުގެ ޖެނުއަރީ މަހުގެ 5، 12 އަދި 19 ވަނަ ދުވަހު ވެސް މޯލްޑިވިއަންގެ ފްލައިޓުތައް ބެންކޮކަށް ދަތުރުކުރާނެއެވެ.
މި ހާއްސަ ދަތުރުތަކުގައި ބައިވެރިވާ ކޮންމެ ފަސިންޖަރަކަށް 25 ކިލޯގެ ލަގެޖް އެލަވަންސް ދިނުމަށް ހަމަޖެހިފައިވާއިރު، ދެކޮޅު ޓިކެޓުގެ އަގުތައް ފެށެނީ 530 އެމެރިކާ ޑޮލަރުންނެވެ.
ތައިލެންޑަކީ ބޭސްފަރުވާއަށާއި ޗުއްޓީ ހޭދަކުރުމުގެ އިތުރުން ވިޔަފާރީގެ ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން އަބަދުވެސް ޒިޔާރަތްކުރާ މަންޒިލެކެވެ. ސްކޫލު ބަންދާ ދިމާކޮށް އެ ގައުމަށް ދަތުރުކުރާ ދިވެހިންގެ އަދަދު އިތުރުވެގެންދާތީ، ދަތުރުވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން މޯލްޑިވިއަން އިން ވަނީ ބެންކޮކަށް މިފަދަ ހާއްސަ ދަތުރުތައް ކާމިޔާބުކަމާއެކު ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު