މޫސުން ގޯސްވެ ތައިލޭންޑުގެ ވެރިރަށް ބެންކޮކްގައި ފެންބޮޑުވެ ކާރިސާގެ ހާލަތު އިއުލާނުކޮށްފައި ވީނަމަވެސް، އެ ސިޓީގައި ތިބި އެއްވެސް ދިވެއްސަކަށް މިހާތަނަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެ ޤައުމުގައި ހުންނަ ދިވެހި އެމްބަސީން ކަށަވަރުކޮށްދީފިއެވެ.
ފާއިތުވި ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ބެންކޮކަށް މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން، މުޅި ސިޓީގެ މަގުތަކުގައި ފެންބޮޑުވެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ. މި ހާލަތާ ގުޅިގެން ބެންކޮކް މެޓްރޮޕޮލިޓަން އެޑްމިނިސްޓްރޭޝަނުން ވަނީ ސެޕްޓެމްބަރު 26 އިން ފެށިގެން އެ ސިޓީގެ 50 އިދާރީ ދާއިރާއެއް ކާރިސާގެ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
ބެންކޮކްގައި ތިބި ދިވެހިންގެ ރައްކާތެރިކަމާ ގުޅޭގޮތުން، ތައިލޭންޑަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤާ ދައުލަތުގެ މީޑިއާއިން ސުވާލުކުރުމުން ވިދާޅުވީ، ދިވެހިންގެ ހާލަތު އެމްބަސީން ވަރަށް ގާތުން މޮނީޓަރު ކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާއެއް ލިބިގެން ނުވަތަ މާލީ ބޮޑު ގެއްލުމެއް ވެގެން ރިޕޯޓުކޮށްފައި ނުވާ ކަމުގެ ޔަގީންކަން ސަފީރު ދެއްވިއެވެ.
މީގެއިތުރުން، މި ދަނޑިވަޅުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ނުވަތަ ކުއްލި ހާލަތެއް ދިމާވެއްޖެނަމަ، ލަސްނުކޮށް އެމްބަސީގެ ހޮޓްލައިން ނަންބަރު 66967788885+ އަށް ގުޅައި ހިއްސާކުރުމަށް އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު