މަސްތުވާތަކެތީގެ މައްސަލައިގައި ޝަރީޢަތް ނިމެންދެން ބަންދުކުރި މީހާ
މަސްތުވާތަކެތީގެ މައްސަލައިގައި ޝަރީޢަތް ނިމެންދެން ބަންދުކުރި މީހާ
ގއ. ދެއްވަދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ ގއ. ކޮލަމާފުށި، އަސަރީގެ، އުމުރުން 26 އަހަރުގެ މުޙައްމަދު ސާއިފް ޢަލީ އެވެ.

ފުލުހުން ވިދާޅުވީ، ސާއިފް ހައްޔަރުކޮށްފައިވަނީ މި ހިނގާ މަހުގެ 24 ވަނަ ދުވަހު ދެއްވަދޫ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު، އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން އެ ރަށު ބަނދަރު ސަރަހައްދުން ހުއްޓުވައި ބަލައިފާސްކުރުމަށް ފަހުގައި ކަމަށެވެ.

އެގޮތުން ފުލުހުން އޭނާ ބަލައިފާސްކުރުމުގެ އިތުރުން، އޭނާ ހުރި ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފޮއިލްކޮޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 48 ގްރާމް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ތަކެއްޗާއެކު އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް