މި ސެޕްޓެންބަރު އަދި އޮކްޓޯބަރު މަހު ބާއްވާ މަތީ ސާނަވީ އިމްތިހާނުތަކުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ކާމިޔާބީއަށް އެދިވަޑައިގެން، ހެޔޮ ދުޢާ ފޮނުއްވައިފިއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންގެ ތެރެއިން މި ދުވަސްވަރު އިމްތިހާނުތަކުގައި އިށީންނަ ހުރިހާ ދަރިވަރުންނަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ދަރިވަރުންގެ މި ބުރަ މަސައްކަތުގައި، ކާމިޔާބީއަށް ވާސިލުވުމަށް ކުރާ ދަތުރު ލުއިފަސޭހަކޮށްދެއްވައި، ހެޔޮ ނަތީޖާއެއް މިންވަރުކޮށްދެއްވުން އެދި ފައިސަލް ދުޢާ ކުރެއްވިއެވެ.
އިމްތިހާނަށް ތައްޔާރުވުމުގައި އެންމެ ގިނަ ވަގުތު ހޭދަކޮށް، އެންމެ ބުރަކޮށް މަސައްކަތްކުރަނީ ދަރިވަރުންކަން ފާހަގަކުރައްވަމުން ފައިސަލް ވަނީ، މަތީ ސާނަވީ މަރުޙަލާގައި ދަރިވަރުންނަށް އުނގަންނައިދިނުމުގެ ފަންނީ އަދި ބުރަ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ މުދައްރިސުންނާއި ތަޢުލީމީ ދާއިރާގެ އެންމެހާ ފަރާތްތަކަށް ވެސް ހެޔޮ ރަޙްމަތް ލެއްވުމަށް އެދިވަޑައިގެންފައެވެ.
މީގެއިތުރުން، މި ދަތުރުގައި ދަރިވަރުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ މަދަދުވެރިންނާއި، އެ ކުދިންގެ ޢާއިލާތަކުން ކުރަމުންދާ ބުރަ މަސައްކަތްތަކުގައި ބަރަކާތް ލައްވައި، ހެޔޮ ގޮތްތައް މިންވަރުކުރެއްވުމަށް އެދި ފައިސަލް ވަނީ ދުޢާ ކުރައްވާފައެވެ.
މިއަހަރުގެ އޭލެވެލް އިމްތިހާނުގައި 4،973 ދަރިވަރުން ބައިވެރިވާއިރު، އެޗްއެސްސީ އިމްތިހާނުގައި 2،263 ދަރިވަރުން ބައިވެރިވެއެވެ. މި އިމްތިހާނުތައް ޖުމްލަ 53 ސެންޓަރެއްގައި ކުރިއަށްދާއިރު، މާލޭގެ 4 ސެންޓަރެއްގައި 3،284 ދަރިވަރުން އަދި އަތޮޅުތެރޭގެ 49 ސެންޓަރެއްގައި 1،689 ދަރިވަރުން އިމްތިހާނު ހަދަމުންދެއެވެ.

މަތީސާނަވީ އަށް ކިޔަވާ ދަރިވަރުންގެ ތެރެއިން މި ސެޕްޓެންބަރު އަދި އޮކްޓޯބަރުގެ އިމްތިހާނުތަކުގައި އިށީންނަ ދަރިވަރުންނަށް ކާމިޔާބަށް އެދެން. މަތީސާނަވީ މަރުޙަލާގައި ދަރިވަރުންނަށް އުނގަންނައިދިނުމުގެ ފަންނީ އަދި ބުރަ މަސައްކަތުގައި ހަރަކާތްތެރިވާ އެންމެހާފަރާތްތަކުގެ މަސައްކަތުގައި ބަރަކާތްލައްވައި ހެޔޮގޮތް މިންވަރުކުރެއްވުންއެދި ދުޢާދަންނަވަން. ދަރިވަރުންނަށް އެކިގޮތްގޮތުން އެހީތެރިވާ މަދަދުވެރިންނާއި އެކުދީންގެ ޢާއިލާތަކުގެ މަސައްކަތުގައިވެސް ބަރަކާތްލައްވާށި. މި ކަމުގައި އެންމެގިނަވަގުތު ހޭދަކޮށް، އެންމެ ބުރަކޮށް މަސައްކަތްކުރަނީ ދަރިވަރުން. ދަރިވަރުންގެ މި މަސައްކަތުގައި ކާމިޔާބީއަށް ވާޞިލުވުމަށްކުރާ ދަތުރު ފަސޭހަކޮށްދެއްވައި ކާމިޔާބީ މިންވަރުކޮށްދެއްވާށި. އާމީން.
— Faisal Naseem (@FaisalNasym) September 27, 2026
މިއަހަރުގެ އޭލެވެލް އިމްތިހާނުގައި 4،973 ދަރިވަރުން ބައިވެރިވާއިރު، އެޗްއެސްސީ އިމްތިހާނުގައި 2،263 ދަރިވަރުން ބައިވެރިވެއެވެ. މި އިމްތިހާނުތައް ޖުމްލަ 53 ސެންޓަރެއްގައި ކުރިއަށްދާއިރު، މާލޭގެ 4 ސެންޓަރެއްގައި 3،284 ދަރިވަރުން އަދި އަތޮޅުތެރޭގެ 49 ސެންޓަރެއްގައި 1،689 ދަރިވަރުން އިމްތިހާނު ހަދަމުންދެއެވެ.
ކިޔުންތެރިންގެ ހިޔާލު