އިންޓަރޕޯލްގެ ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ ޑިރެކްޓަރޭޓްގެ ފްލެގްޝިޕް ޕްރޮގްރާމެއް ކަމަށްވާ "އިންސްޓްރަކްޓަރ ޑިވެލޮޕްމަންޓް ކޯސް"، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގެ އައްޑޫ ސިޓީ ކެމްޕަހުގައި މިއަދު ފަށައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިއަދު ހެނދުނު އެންސީޕީއެލްއީގެ އައްޑޫ ކެމްޕަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އަޙްމަދު ޢަބްދުއްރަޙްމާން ވިދާޅުވީ، މިއީ އެންސީޕީއެލްއީގެ އައްޑޫ ސިޓީ ކެމްޕަހުގައި ކުރިއަށްގެންދެވޭ ބައިނަލްއަގުވާމީ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ކަމަށެވެ. އަދި މިއީ އެ ކޮލެޖަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށާއި މި ހާސިލުކުރެވުނީ ތާރީހީ ލަނޑުދަނޑިއެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިންޓަރޕޯލްގެ އެކި ޒޯންތައް ތަމްސީލުވާ ގޮތަށް 13 ގައުމަކުން ޖުމްލަ 23 އޮފިސަރުން މި ޕްރޮގްރާމުގައި ބައިވެރިވެއެވެ. މިއީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އޮފިސަރުންނަށް އުނގަންނައިދިނުމުގެ އަސާސީ އަދި ފަންނީ މެތޮޑޮލޮޖީތައް އުނގަންނައިދިނުމަށް ފަރުމާކޮށްފައިވާ ހާއްސަ ތަމްރީނެކެވެ.
މި ކޯހުގެ މައިގަނޑު މަގުސަދަކީ ބޮޑެތި މީހުންނަށް ކިޔަވައިދިނުމުގެ އުސޫލުތަކާއި، އިންސްޓްރަކްޝަނަލް ސިސްޓަމް ޑިޒައިނިންގ އަދި ޒަމާނީ ފުލުހުންގެ ތަމްރީނުތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާ ހަރުދަނާ އުކުޅުތަކަށް ބައިވެރިން އަހުލުވެރިކުރުވުމެވެ.
މި ތަމްރީނު ޕްރޮގްރާމުގެ ތެރެއިން، އިންސްޓްރަކްޝަނަލް ސިސްޓަމް ޑިޒައިން މޮޑެލްތައް ބޭނުންކޮށްގެން އަމިއްލަ ލެސަން ޕްލޭންތައް ތައްޔާރުކުރުމާއި، ޕަބްލިކް ސްޕީކިންގ އަދި ޕްރެޒެންޓޭޝަން ހުނަރުތައް ތަރައްގީކުރުމުގެ އިތުރުން، ބައިވެރިން ޝައުގުވެރިކުރުވުމުގެ އުކުޅުތަކާއި ފެންވަރު ވަޒަންކުރުމުގެ މުހިންމު ހުނަރުތައް ދަސްކޮށްދެވޭނެއެވެ.
މީގެއިތުރުން، މިއީ އިންޓަރޕޯލްގެ މެންބަރު ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އޮފިސަރުން އެއްތަންވެ، ބައިނަލްއަގުވާމީ ފެންވަރުގައި ފުލުހުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން ފުޅާކުރުމަށް ލިބިގެންދިޔަ މުހިންމު ފުރުސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު