ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސާވިސް ޗާޖު ދޭއިރު، އެ ފައިސާ ނެގި ކަރަންސީއަކުން ދިނުން ލާޒިމުކުރުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އަރިހުން އެދިވަޑައިގެންފިއެވެ.
މިކަމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވީ، ރިސޯޓުތަކުން ސާވިސް ޗާޖު ބަހާއިރު ބައެއް ތަންތަނުން އެ ފައިސާ ރުފިޔާއަށް މާރުކޮށްގެން ދެމުންދާތީ، އެ ދާއިރާގައި މަސައްކަތްކުރާ އެތައް ހާސް ދިވެހި މުވައްޒަފުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި މިގޮތަށް އަމަލުކުރުމުގެ ސަބަބުން މުވައްޒަފުންނަށް ލިބެންޖެހޭ ހައްގު މަންފާ ފުރިހަމައަށް ނުލިބި ހުރަސްއެޅޭ ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާއަށް މި އިސްލާހު ގެނައުމަށްޓަކައި މަޖިލީހަށް ބިލު ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އެ ބިލުގެ މަސައްކަތް ކޮމިޓީ މަރުހަލާގައި ތާށިވެ، ގިނަ ދުވަސްތަކެއް ވެފައިވާތީ މެންބަރު މުހައްމަދު އިބްރާހިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންކަމުން މިއީ ޓޫރިޒަމް ދާއިރާގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މަސްލަހަތާ ގުޅިފައިވާ މުހިންމު ކަމަކަށް ވާތީ، ކޮމިޓީގެ މަސައްކަތްތައް އަވަހަށް ނިންމައި ތަޅުމުން ގޮތެއް ނިންމައިދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
މި އިސްލާހުގައި ބަޔާންކޮށްފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި:
- ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ފައިސާ ދޭންވާނީ އެ ފައިސާއެއް ބަލައިގަތް ބޭރު ފައިސާއަކުން ކަމަށް ކަނޑައެޅުން.
- އެ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ދިނުން މަނާކުރުން.
- ރިސޯޓުތަކާއި، ގެސްޓްހައުސް އަދި ހޮޓާތަކުގައި އައުޓްސޯސް ކޮށްގެން ހިދުމަތްދޭ އެހެން ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން، ފަތުރުވެރިންނަށް ސީދާ ގޮތެއްގައި ހިދުމަތް ދިނުމުގައި ބައިވެރިވާ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖު ލިބެންޖެހޭނެ ކަމަށް ކަނޑައެޅުން.
މި ބިލު މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު މައުރޫފް ޒާކިރު ވިދާޅުވެފައިވަނީ، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން ނަގާ ސާވިސް ޗާޖު މުވައްޒަފުންގެ މެދުގައި ބަހަން ގާނޫނު ލާޒިމުކުރި ނަމަވެސް، ޑޮލަރުން ލިބޭ ފައިސާ ރުފިޔާއަށް މާރުކޮށްގެން ދިނުމަކީ މުވައްޒަފުންނަށް ލިބެންޖެހޭ ފުރިހަމަ ފައިދާ ގެއްލޭ ކަމެއް ކަމަށެވެ. އެހެންކަމުން މި އިސްލާހުގެ އެންމެ ބޮޑު ބޭނުމަކީ މުވައްޒަފުންގެ ހައްގުތައް ފުރިހަމައަށް ކަށަވަރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު