ތިމާވެށްޓަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް އިސްލާމީ އިޖުތިމާޢީ މާލީ ވަސީލަތްތައް ބޭނުންކުރުމާ ގުޅޭގޮތުން މެލޭޝިއާގައި ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ތަމްރީނު ޕްރޮގްރާމެއްގައި މޯލްޑިވްސް ޒަކާތު ހައުސްއިން ބައިވެރިވެއްޖެއެވެ.
ކުއާލަލަމްޕޫރުގައި މިހާރު ކުރިއަށްދާ މި ޕްރޮގްރާމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސްއެވެ. މިއީ އޯއައިސީގެ ކޮމްސެކް ޕްރޮޖެކްޓުގެ ދަށުން، މެލޭޝިއާގެ މަޝްހޫރު އިންސީފް ޔުނިވަރސިޓީއާ ގުޅިގެން އިންތިޒާމުކޮށްފައިވާ ހަރަކާތެކެވެ.
އޮކްޓޫބަރު 5 އިން 8 އަށް ކުރިއަށްދާ މި ހަތަރު ދުވަހުގެ ޕްރޮގްރާމުގައި ދެ ދުވަހުގެ އެގްޒެކެޓިވް ތަމްރީނަކާއި، ދެ ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ހިމެނެއެވެ. މީގެ މައިގަނޑު މަޤްޞަދަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ޒަކާތާއި ވަޤުފް މުއައްސަސާތަކުގެ އިސްވެރިން އެއްތަނަކަށް ޖަމާވެ، ދެމެހެއްޓެނިވި ތަރައްޤީއަށާއި މޫސުމީ ގެއްލުންތައް ކުޑަކުރުމަށް އިސްލާމީ މާލީ އެހީތެރިކަން ހޯދޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމެވެ.
މި ތަމްރީނުގައި ޒަކާތާއި ވަޤުފް އަދި ޞަދަޤާތް އެއްކޮށްގެން ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫޢުތައް ފަރުމާކުރުމާއި، މޫސުމީ ގޮންޖެހުންތަކަށް ހޭނުމަށް އިސްލާމީ މާލީ ވަސީލަތްތައް އީޖާދީ ގޮތެއްގައި ބޭނުންކުރުމާ ބެހޭ ޢަމަލީ ތަމްރީނުތައް ބައިވެރިންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު