ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި މަސައްކަތްކުރާ މުދައްރިސުންގެ ތަފާސްހިސާބުތައް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފިއެވެ.
އެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޖުމްލަ 11،381 މުދައްރިސުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މީގެ ތެރޭގައި ސަރުކާރުގެ ސްކޫލްތަކާއި އަމިއްލަ ސްކޫލްތަކުގައި ކިޔަވައިދެއްވާ މުދައްރިސުން ހިމެނެއެވެ.
އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގައި މަސައްކަތްކުރާ މުދައްރިސުންގެ ބޮޑު އިންސައްތައަކީ ދިވެހިންނެވެ.
އެގޮތުން 8،924 ދިވެހި މުދައްރިސުން ތިބިއިރު، ބިދޭސީ މުދައްރިސުންގެ އަދަދަކީ 2،457 އެވެ. މުދައްރިސުންގެ ޖެންޑަރ އަށް ބަލާއިރު، ދާއިރާގައި އެންމެ ގިނައީ އަންހެން މުދައްރިސުންނެވެ. އެއީ 8،843 އަންހެން މުދައްރިސުންނާއި 2،538 ފިރިހެން މުދައްރިސުންނެވެ.
މި ހިނގާ ދިރާސީ އަހަރުގެ ތަޢުލީމީ ހާލަތަށް ބަލާއިރު، ސަރުކާރުގެ 218 ސްކޫލެއްގައި 77،000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލުކުރަމުންނެވެ. ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދަރިވަރުންނަށް ފޯރުކޮށްދޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު