ގއ ކޮލަމާފުށި
ގއ ކޮލަމާފުށި
ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި މީހަކު، ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ފަހުން ނިޔާވެއްޖެއެވެ.

މިއަދު މެންދުރުފަހު 14:30 އެހައިކަންހާއިރު ހޮސްޕިޓަލަށް ގެންދިޔަފަހުން ނިޔާވެފައިވަނީ ގއ. ކޮލަމާފުށި، އުދަރެސް، އަޙްމަދު މިސްޙާޤު (45އ) އެވެ.

މިސްޙާޤު ނިޔާވިކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ގއ. އަތޮޅު ހޮސްޕިޓަލުންނެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލައި، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު