އާސަންދަ ކުންފުންޏަށް ސައިބަ ސެކިއުރިޓީގެ ހިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
އާސަންދައިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިން ބޭނުންވަނީ އެ ކުންފުނީގެ ބޭނުމަށް ސައިބަ ސެކިއުރިޓީ އެސެސްމަންޓެއް ހެދުމާއި، ސެކިއުރިޓީ އިވެންޓް މޮނިޓަރިން އަދި އެޑްވައިޒަރީ ހިދުމަތްތައް ފޯރުކޮށްދޭނެ ފަރާތެއް ކަމަށެވެ.
އެހެންވެ އެ މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި މަހުގެ 13 ވަނަ ދުވަހުގެ 15:00 ގެ ކުރިން ރެޖިސްޓްރީ ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އާސަންދަ ކުންފުނިން އިތުރަށް ބުނީ މި މަހުގެ 20 ވަނަ ދުވަހު ހެނދުނު 11 ޖަހާއިރު ވެބް މީޓިންއެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުން އޮންނާނެ ކަމަށެވެ.
އަދި ކަނޑައެޅިފައިވާ ސުންގަޑިއަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު