ތައިލޭންޑުގެ ވެރިރަށް ބެންކޮކުން ގިނަ އަދަދެއްގެ ކްރިސްޓަލް މެތާއި ކެނެބިހާއެކު ދެ ދިވެހިން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އާއި 34 އަހަރުގެ މުހައްމަދު ވިސާމެވެ.
އެ ދެ މީހުން ހައްޔަރުކުރީ ބެންކޮކުގެ ޕްރަތޫނަމް ސަރަހައްދުގައި ހުންނަ ކާގޯ ހިދުމަތްދޭ ތަނަކަށް ގެންދިޔަ ބޮޑެތި ޕާރުސަލްތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ.
މި އޮޕަރޭޝަން ތައިލޭންޑް ފުލުހުން ފަށާފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.
އެއީ ވަރަށް ވަރުގަދައަށް ބަންދުކޮށްފައިވާ ބޮޑެތި ފޮށިތަކެއް ގައުމުން ބޭރުކުރުމަށް ކާގޯ ތަނަކަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބުމުންނެވެ.
އެ ފޮށިތަކުން އާދަޔާ ހިލާފަށް ބާރުގަދަ ވަހެއް ދުވާތީ، އެ ތަނުގެ މުވައްޒަފުން ވަނީ ފުލުހުންނަށް އެންގުމުގެ ކުރިން އެ ފޮށިތައް އަނބުރާ ގެންދިއުމަށް އަންގާފައެވެ. އެއަށްފަހު އެ ތަކެތި އެހެން ކުންފުންޏެއް މެދުވެރިކޮށް ފޮނުވަން ޓުކްޓުކަކަށް އަރުވައިގެން ދަނިކޮށް ފުލުހުން ވަނީ އެ ދެ މީހުން ހިފަހައްޓާފައެވެ.
ފުލުހުން އެ ފޮށިތައް ބަލައި ފާސްކުރިއިރު 2.37 ކިލޯގެ ކްރިސްޓަލް މެތް އާއި 10 ކިލޯގެ ކެނެބިސް ވަނީ ފެނިފައެވެ. މެތު ފެނިފައިވަނީ ސްޓެއިންލެސް ސްޓީލް އިންސިއުލޭޓެޑް 8 ތައްޓެއްގެ ތެރެއިންނެވެ. އަދި ކެނެބިސް ފެނިފައިވަނީ ކުޑަކުދިންގެ އަންނައުނާއި ކުޅޭ އެއްޗެހީގެ ތެރޭގައި ވަރަށް ބާރަށް ބަންދުކޮށްފައި ވަނިކޮށެވެ.
މި މައްސަލައިގައި އެ ދެ މީހުންނާއި މަސްތުވާތަކެތި ފަޔާ ތައި ފުލުހުންގެ ސްޓޭޝަނަށް ގެންގޮސް، ހުއްދަނެތި ކެޓެގަރީ 1 ގެ މަސްތުވާތަކެތި ގެންގުޅުމާއި ވިއްކަން އުޅުމުގެ ދައުވާ ވަނީ އުފުލާފައެވެ.
ނަމަވެސް އެ ދެ މީހުންވެސް ވަނީ އެ ދައުވާއަށް އިންކާރުކޮށް، އެ ފޮށިތަކުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށާއި އެތަކެއްޗާ ހަވާލުވީ ރަހުމަތްތެރިއަކު ފޮނުވަން ބުނެގެން ކަމަށް ބުނެފައެވެ. ބެންކޮކް ފުލުހުން ދަނީ މި މައްސަލައިގައި އިތުރު ބައެއްގެ ބައިވެރިވުން އޮތްތޯ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު