ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓްގައި އޭނާ ދަތުރުކުރި ޓެކްސީ ދުއްވަން އިން ޑްރައިވަރު ކޯޓަށް ހާޒިރުކުރަނީ-- ފޮޓޯ/ މެލޭމެއިލް
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓްގައި އޭނާ ދަތުރުކުރި ޓެކްސީ ދުއްވަން އިން ޑްރައިވަރު ކޯޓަށް ހާޒިރުކުރަނީ-- ފޮޓޯ/ މެލޭމެއިލް
މެލޭޝިއާގައި ދިވެހި ދަރިވަރަކު ނިޔާވި ނުރައްކާތެރި އެކްސިޑެންޓްގައި އޭނާ ދަތުރުކުރި ޓެކްސީ ދުއްވަން އިން ޑްރައިވަރުގެ މައްޗަށް ތިން ދައުވާއެއް އުފުލައިފިއެވެ.

ހިތާމަވެރި މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ގާތްގަނޑަކަށް 8:48 ހާއިރުއެވެ. އިމީލީ ނިޔާވީ މޯލްއަކަށް ދިއުމަށްފަހު އިތުރު ދިވެހި ކުއްޖަކާއެކު އެނބުރި ގެއަށް ދިޔުމަށް ދަތުރުކުރި ޓެކްސީ އެކްސިޑެންޓު ވެގެންނެވެ.

އެ ހާދިސާގައި އިމިލީ ދަތުރުކުރި ޓެކްސީ ޑްރައިވަރު، މުހައްމަދު ސިޔާފިގް އިބްރާހިމް(37އ.)ގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރި އިރު މެތުއަށް ވަނީ ޕޮޒިޓިވްވެފައެވެ.

ފުލުހުންގެ ބަންދުގައި ހުރި ސިޔާފިގް ކޯޓަށް ހާޒިރުކޮށްފައިވާއިރު ތިން ދައުވާއެއް އޭނާގެ މައްޗަށް ވަނީ އުފުލައިފައެވެ. އޭގެ ތެރޭގައި މެތު ބޭނުންކޮށްގެން ހުރެ ޓެކްސީ ދުއްވުގެ ދެ ދައުވާއާއި ބަލަން ޖެހޭ ވަރަށް ނުބަލައި ޓެކްސީ ދުއްވުމުގެ ދައުވާއެއް ހިމެނެއެވެ.

އެ ދައުވާތައް ސާބިތުވެއްޖެނަމަ ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި 160،000 ރިންގިޓްއާ ހަމައަށް ޖޫރިމަނާވެސްކުރެވޭނެއެވެ.

އެ އެކްސިޑެންޓް ހިނގީ ޓެކްސީ ކޮންޓްރޯލުން ނެއްޓިގެން ގޮސް، އާރުއެފްއައިޑީ ލޭނާ ދިމާއަށް ދަތުރުކުރަމުން ދިޔަ ޕްރޮޓޯން އެސް70 މަރުކާގެ ކާރެއްގެ ފަހަތު ކަނާތްފަރާތުގައި ބާރަށް ޖެހިގެންކަމަށް ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް