ނަހަދާ ހުރި ރިސޯޓްތަކަށް އަންނަ ހަފްތާގައި ފިޔަވަޅު އަޅަން ފަށާނެކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްްޖެ އެވެ.
މިރޭ ކުރިއަށްދިޔަ "އަހާ ފޯރަމް 9" ގައި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ނުހަދާ ހުރި ރިސޯޓުތަކުގެ މައްސަލައަކީ ޒަމާންވީ މައްސަލައެއް ކަމަށެވެ.
އެގޮތުން، 10 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ނުހަދާ ހުރި ތަންތަން ވެސް މި ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ކުރީ ސަރުކާރުތަކުން މިކަމަށް ފިޔަވަޅު އަޅާފައި ނުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިކަން މިހެން ބަހައްޓައިގެން ނުވާނެ ކަމަށާއި، އަދި އިމާރާތް ނުކޮށް ހުރި ރިސޯޓުތަކުގެ ސަބަބުން ދައުލަތަށް ލިބެން އޮތް ބޮޑު އާމްދަނީއެއް ގެއްލޭތީ، ރިސޯޓު ހެދުމުގެ އެއްބަސްވުންތައް ބާތިލުކުރެވޭނެ އުސޫލު މިހާރު ގެޒެޓުކުރެވިފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އަމަލީ ގޮތުން ފިޔަވަޅު އެޅުން އޮންނާނީ އިރާދަ ކުރެއްވިއްޔާމު އެ ފިޔަވަޅުތައް ހަފްތާއެއްގެ ތެރޭގައި ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު