މާފުށީ ޖަލުގެ އަންހެން ޔުނިޓްގައި ނަމާދު ގެއެއް ހުޅުވައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އިއްޔެ ބުނީ، ކަރެކްޝަންސްގެ މާފުށީ ޖަލުގެ އަންހެން ޔުނިޓުގައި ފުރަތަމަ ފަހަރަށް ތަނަވަސް ޖާގައިގެ މެސް ރޫމަކާއި، ނަމާދު ގެއެއް ހުޅުވާފައިވާ ކަމަށެވެ. އިއްޔެ މާފުށީ ޖަލުގައި އޮތް ރަސްމިއްޔާތެއްގައި މި ދެ ތަން ހުޅުވައިދެއްވީ ދާޚިލީ ވަޒީރު ޢަލީ އިޙުސާންއެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނީ މިކަމުގެ ސަބަބުން އެ ޔުނިޓުގައި ބަންދުކޮށްފައިވާ ފަރާތްތަކަށް ކުރިއަށްވުރެއް ޖާގަ ތަނަވަސް އަދި ފަސޭހަގޮތެއްގައި ކެއިންބުއިމާއި އަޅުކަން ކުރުވުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.
މިދިޔަ ރަމަޟާން މަހުން ފެށިގެން، ޖަލުތަކުގެ މިސްކިތްތަކުގައި ރަސްމީކޮށް ޖަމާއަތުގައި ތަރާވީޙް ނަމާދު ކުރުމުގެ އިންތިޒާމް ވެސް ވަނީ ގާއިމްކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ ޖަލުގައި ޙުކުމް ތަންފީޒު ކުރުމަށްފަހު މުޖުތަމަޢަށް ނިކުންނަ ފަރާތްތަކަކީ ދީނީގޮތުން ހޭލުންތެރި އަދި މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް ހެދުންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު