ރާއްޖެއިން ކުރިން އަތުލައިގަތް ބޭރުގެ މަސްބޯޓުތަކެއް
ރާއްޖެއިން ކުރިން އަތުލައިގަތް ބޭރުގެ މަސްބޯޓުތަކެއް
އިއްޔެ ރާއްޖެ ސަަރަހައްދުން އަތުލައިގަތް އިންޑިއާގެ މަސްބޯޓުތައް ރާއްޖެއަށް ވަދެވުނީ ގަދަ އޮޔާހުރެ ކަމަށް ބުނެ މަސްވެރިންތައް ދޫކޮށްލަން އެ މީހުންގެ އާއިލާތަކުން އިންޑިއާ ސަރުކާރުގެ އެހީއަށް އެދިއްޖެއެވެ.

އިއްޔެ އެމްއެންޑީއެފްއިން އެ ތިން މަސްބޯޓު ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.

އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި އެ ތިން ބޯޓުގައި 25 މަސްވެރިން ތިބި ކަމަށާއި އެ އެންމެން ދޫކޮށްލުމަށް އެދި އެ މީހުންގެ އާއިލާތަކުން ވަނީ އިންޑިއާ ސަރުކާރުގައި އެދިފައެވެ.

އެ މީހުންގެ އާއިލާތަކުން ބުނީ މަސްވެރިންނަށް ރާއްޖެއަށް ވަދެވުނީ ގަދަ އޮޔާއި ވައި ހުރި ގޮތުން ކަމަށެވެ.

އެމްއެންޑީއެފްއިން އިއްޔެ ބުނީ އެ މަސްބޯޓުތައް މާލެ ގެންނަން މަސައްކަތް ފަށާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް