ހއ. މުރައިދޫގައި ސަރުކާރުން އަލަށް ބިނާކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު މިއަދު ބުނީ، މުރައިދޫ މިސްކިތުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ފުރާޅުގެ ބީމްތަކުގެ ޝަޓަރިންގ އެޅުމުގެ މަސައްކަތް ކަމަށެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ދަތިނުވެ ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢަކީ 8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މުރައިދޫ މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީއާއި އެ ކުންފުންޏާ ދެމެދު ސޮއިކޮށްފައިވަނީ 24 އޮގަސްޓް 2023 ގައެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެފައިވަނީ، ރާއްޖޭގެ ރަށްރަށުގައި ބިނާކުރެވޭ މިސްކިތްތަކަކީ އެރަށްރަށުގެ ރައްޔިތުން ވަރަށް ބޮޑު އުންމީދެއް އެ ބިނާތަކާމެދު ކުރާ ތަންތަން ކަމަށެވެ. އެހެންކަމުން އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި، ފެންވަރު ރަނގަޅުކޮށް މަޝްރޫޢުގެ މަސައްކަތް ނިންމައި މިނިސްޓްރީއާ ޙަވާލުކުރުމަކީ ވަރަށް ބޮޑު އެދުމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އެކަށޭނަ ޖާގައިގެ ރީތި މިސްކިތްތައް ބިނާކުރުމަކީ މި ސަރުކާރުންވެސް ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު