ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި މާލެ އަތޮޅު ފުށިދިއްގަރުފަޅު ހިއްކައިގެން ހިންގާ "ރަސްމާލެ" މަޝްރޫއުން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޭން ސަރުކާރުން ނިންމާފައިވާ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް، އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސަރުކާރަށް ގޮވާލައިފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ތަރައްގީގައި ބޭރުގެ އިންވެސްޓަރުންގެ ދައުރު ބޮޑުކަމަށާއި، މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމުގެ ގޮތުން ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް އެޕާޓީން ތަރުހީބުދޭނެ ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ބޭރުގެ އިންވެސްޓަރުންނަށް އަބަދުވެސް މަރުހަބާ ކިޔަމެވެ. އަދި އެ ފަރާތްތަކަކީ ދިވެހި ރާއްޖޭގެ ތަރައްގީގައި ނުހަނު މުހިންމު ބައެއްކަމުގައި މި ޕާޓީން ދެކެމެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެހެން ނަމަވެސް، އަބޫދާބީގެ އީގަލް ހިލްސްއަށް ފުށިދިއްގަރުފަޅުގެ ބޮޑު ބައެއް ދިނުމަށް ހިންގާ މުއާމަލާތުގައި ސަރުކާރުން މިހައިތަނަށް އަމަލުކުރަމުންދާ ގޮތުން، އެ ޕާޓީގެ ކަންބޮޑުވުންތަކެއް ހުރިކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އަދި އަދި އެކަމުގައި ފައިނަލް ނިންމުމެއް ނިންމުމުގެ ކުރިން ރައްޔިތުންގެ ސީދާ ވޯޓެއް ނެގުމެއް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
"ދިވެހިރާއްޖޭގެ ބިން ބިދޭސީންނަށް މިލްކްވާނެ ފަދަ އެއްވެސް ސިޔާސަތެއް އެކަށައެޅުމުގެ ބާރު ނުވަތަ އެއްބަސްވުމެއް ހެދުމުގެ އިހުތިޔާރު ސަރުކާރަކަށް ނޯންނާނެއެވެ. އެކަމާމެދު ގޮތެއް ނިންމާނަމަ، އެކަން ނިންމަންވާނީ ސީދާ ދިވެހި ރައްޔިތުންނެވެ. ދިވެހިރާއްޖޭގެ ހަގީގީ ވެރިންނަކީ ދިވެހިރައްޔިތުން ކަމަށްވީ ހިނދު، އަދި ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމާއި، އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ކަނޑައަޅައިފައިވުމުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއް މެދުވެރިކޮށް، ރައްޔިތުން އެ ކަމުގައި ދެކޭގޮތް ބެލުމަށްފަހުގައި ނޫނީ، ރައްޔިތުންގެ ނަމުގައި މި ދެންނެވި ފަދަ މުއާމަލާތްތަކަށް ނުވަނުމަށް މި ޕާޓީން ސަރުކާރަށް ގޮވައިލަމެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެމްޑީޕީން ބުނީ މި މަޝްރުޢާމެދު އީގަލް ހިލްސް ކުންފުނިން ހާމަކޮށްފައިވާ މައުލޫމާތާއި، ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުގައި ދިމާނުވާ އެތައް ކަމެއް އެބަހުރި ކަމަށެވެ. އަދި ފުރިހަމަ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ފަސް ޖެހެމުން ދިއުމަކީ ނުރައްކާތެރިކަމުގެ ނިޝާނެއް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
"ދިވެހިރާއްޖެއަށް އެހާމެބޮޑު ފައިދާއެއްވާން އޮތް ކަމެއްނަމަ، މި ކަމުގެ ތަފްސީލު ހާމަނުކުރެވެންވީ އެއްވެސް ސަބަބެއް ނެތެވެ. ދެންނެވުނު ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ ލިޔުމުގައި ހިމަނައިފައިވާ ޝަރުތުތަކާއި އެންމެހައި ކަންކަން ދިވެހިރައްޔިތުންނަށް އަވަހަށް ހާމަކޮށްދިނުމަށް ސަރުކާރަށް ގޮވައިލަމެވެ. މި ގޮތުން، އެ އެއްބަސްވުން ދެމިގެންދާނެ މުއްދަތާއި، ދިވެހި ދައުލަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި، އުފުލަންޖެހޭ މާލީ އިލްތިޒާމުތަކާއި، ބޭރުގެ ފަރާތަށް ދޭ މާލީ ލުއިތަކާއި އިސްތިސްނާތަކާއި، އަދި އެ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި އެންމެހައި ޒިންމާތައް ރައްޔިތުންނަށް ސާފުވާނެހެން، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވާ އެންމެހައި ކަންކަމުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވައިލަމެވެ." އެމްޑީޕީން ބުނެފައިވެއެވެ.
އޭގެއިތުރުން އެމްޑީޕީން ވަނީ، ދިވެހިރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ އެއްވެސް އުސޫލަކަށް އެއްބަސްވެފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ހިންގާ އެއްވެސް މުއާމަލާތެއްގެ ސަބަބުން، މުސްތަގުބަލުގައި ދިވެހި ބިމުގެ މައްޗަށް ބިދޭސީންގެ ދާއިމީ މިލްކުވެރިކަމުގެ ހައްގެއް އުފަންވެދާނެފަދަ އެއްވެސް ކަމެއްވެސް ހިމެނިފައިވާކަން ނުވަތަ ނޫންކަން ސާފުކޮށްދިނުމަށްވެސް އެމްޑީޕީން ސަރުކާރަށް ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު