މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޖަރުމަނަކީ ވޭތުވެދިޔަ ފަސްދޮޅަހަކަށް އަހަރަށް ވުރެ ގިނަ ދުވަހު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ލީޑަޝިޕް މެދުވެރިކޮށް ރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ އެހީތަކެއް ފޯރުކޮށްދެމުން ގެންދާ އެންމެ އަގުހުރި އެއް ބައިވެރިޔާ ކަމަށެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ ދާއިރާއިން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިނުމުގައި ޖަރުމަނުން ވަނީ މުހިންމު އެހީތެރިކަމެއް ފޯރުކޮށްދީފައި ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
ހަމައެއާއެކު، ރާއްޖޭގެ އިސްލާހީ ދަތުރުގައްޔާއި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ދިވެހިން ކުރަމުންދާ މަސައްކަތުގައި ޖަރުމަނަކީ ސާބިތު އެކުވެރިއެއްގެ ގޮތުގައި އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ. އަދި ޑިމޮކްރަސީއާއި، އިންސާނީ ހައްޤުތަކާއި، ޤާނޫނުގެ ވެރިކަން ޤަބޫލުކުރާ ފަރާތްތަކަށް އެ ޤައުމުން ދޭ އެއްބާރުލުމާއި، އެމްޑީޕީއާއެކު އޮތް ގާތް އެކުވެރިކަމަށް ދުވަހަކުވެސް ބަދަލެއް އައިސްފައިނުވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ޖަރުމަނަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މާކެޓް ކަމަށެވެ. އެގައުމުގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޚިޔާރުކުރަނީ ކޮންސިއުލަރ އެހީތެރިކަން ފަސޭހައިން ލިބެން ހުންނާނެ ކަމުގެ ޔަގީންކަމާއެކު ކަމަށްވާއިރު، މި ކޮންސިއުލޭޓް ބަންދުކުރުމަކީ ފަތުރުވެރިންގެ އިތުބާރު ކުޑަވެގެންދާނެ ކަމެއް ކަމަށް އެ ޕާޓީން ދެކެއެވެ.
މި ކޮންސިއުލޭޓަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މުހިންމު ފާލަމަކަށްވާއިރު، އެތަން ބަންދުވިޔަ ނުދީ ހިފެހެއްޓުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާތީ އެމްޑީޕީން ވަނީ ހިތާމަ ފާޅުކޮށްފައެވެ. އަދި މިއީ ރާއްޖޭގެ ގިނަ ދުވަސްވީ އެކުވެރިންނާ ދެމެދު އޮތް ގުޅުންތަކަށް ސަރުކާރުން އިހުމާލުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވެސް އެ ޕާޓީން ތުހުމަތުކުރެއެވެ.
އެހެންކަމުން، ވީ އެންމެ އަވަހަކަށް މާލޭގައި ޖަރުމަނުގެ ކޮންސިއުލަރ ޚިދުމަތްތައް އަލުން ފެށިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށާއި، ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަން ދެމެހެއްޓުމުގައި އެމްޑީޕީން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް އެ ބަޔާނުގައި އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީން މިފަދަ ބަޔާނެއް ނެރެފައިވާއިރު، މިފަހުން ރާއްޖޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓްގެ އޮފީސް ވަގުތީ ގޮތުން ވަނީ ބަންދުކޮށްފައެވެ.
ޖަރުމަނުގެ ފެޑެރަލް ފޮރިން އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވަކި ގޮތެއް އަންގަންދެން އެ އޮފީސް ހުންނާނީ ބަންދުކޮށްފައި ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ހޯދުމަށް ގުޅަން ޖެހޭނީ ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ޖަރުމަނު އެމްބަސީއަށް ކަމަށް ފޮރިން އޮފީހުން ވަނީ ބުނެފައެވެ.
ރާއްޖެއާއި ޖަރުމަނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ ފަހެއް ޖުލައި 1966 ގައެވެ. މިއީ ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރި ހަވަނަ ގައުމެވެ. ހަމައެއާއެކު ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖަރުމަނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އެގޮތުން، މިދިޔަ އަހަރުވެސް ޖަރުމަނަކީ ރާއްޖެއަށް ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު