އިރާންގެ ވެރިރަށް ތެހެރާންގައި ހިއްކި މޭވާއާއި ފޮނިކާތަކެތި ވިއްކާ އާދައިގެ ވިޔަފާރިވެރިއަކު، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ސިފަ އާދަޔާޚިލާފަށް އެއްގޮތްވުމުގެ ސަބަބުން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެއްޖެ އެވެ.
އޭނާގެ ވީޑިއޯތައް އާންމުވުމާއެކު ގިނަ ބަޔަކު ވަނީ އޭނާގެ މޫނުމަތީގެ ސިފަތަކާއި އިސްތަށިގަނޑު ހުރިގޮތް ނަތަންޔާހޫއާ ދާދި އެއްގޮތްކަން ފާހަގަކޮށް، އިންޓަނެޓުގައި އެކަމަށް ބޮޑު ސަމާލުކަމެއް ދީފަ އެވެ.
ތުރުކީ އަދި އަރަބި މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ސިފަ އެއްގޮތްވުމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އެ ވިޔަފާރިވެރިޔާގެ ފިހާރައިން މުދާ ނުގަތުމަށާއި ބޮއިކޮޓް ކުރުމަށް ގޮވާލާފަ އެވެ.
މިފަދަ ބޮއިކޮޓް ކުރުމުގެ ގޮވާލުންތަކުގެ ސަބަބުން އެ ފިހާރައިގެ ވިޔަފާރިއަށް ބޮޑެތި ނޭދެވޭ އަސަރުތަކެއްކޮށް، ދުވަހީ އާމްދަނީއަށް ގެއްލުންވަމުންދާތީ އެ ވިޔަފާރިވެރިޔާ ވަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އިރާނާއި އިޒްރޭލާ ދެމެދު އޮތް ހަރުކަށި ސިޔާސީ ދެކޮޅުވެރިކަމުގެ ސަބަބުން، އިޒްރޭލުގެ ވެރިއަކާ ވައްތަރު މީހަކު ފެނުމަކީ އެ ގައުމުގެ ރައްޔިތުންގެ މެދުގައި ބޮޑެތި ބަހުސްތަކާއި ތަފާތު ގިނަ ރައްދުތަކެއް އަމާޒުވެގެންދިޔަ ކަމަކަށް ވަނީ ވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު