އީރާނުގެ ލީޑަރު މުޖުތަބާ ހާމަނާއި އަދި ރަޝިއާގެ ރައީސް ވިލާޑިމިއާ ޕޫޓިން
އީރާނުގެ ލީޑަރު މުޖުތަބާ ހާމަނާއި އަދި ރަޝިއާގެ ރައީސް ވިލާޑިމިއާ ޕޫޓިން
އީރާނުގެ ރައްޔިތުން ދައްކަމުންދާ ސާބިތުކަމާއި ހިތްވަރަށް ރަޝިޔާގެ ރައީސް ވްލަދިމީރް ޕޫޓިން ތައުރީފު ކުރައްވައި، އީރާނު ރައްޔިތުންގެ މި ހިތްވަރަށް ރަޝިޔާއާއި މުޅި ދުނިޔެ އަންތަރީސްވެފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށް ރަޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ އީރާނުގެ އެމްބެސަޑަރު ކާޒިމް ޖަލާލީ ވިދާޅުވެއްޖެއެވެ۔

ޖަލާލީ މިހެން ވިދާޅުވީ އީރާނުގެ މޭޖަރ ޖެނެރަލް މުޙުސިން ރޭޒާއީ، ކްރެމްލިންގައި ރައީސް ޕޫޓިންއާއެކު ބޭއްވެވި މުހިންމު ބައްދަލުކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ۔

ބުރާސްފަތި ދުވަހު ކްރެމްލިންގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މޭޖަރ ޖެނެރަލް ރޭޒާއީ ވަނީ އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީގެ ޚާއްޞަ ސިޓީފުޅެއް ރައީސް ޕޫޓިންއަށް އަރުވާފައެވެ۔

ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެންދިޔަ މި ބައްދަލުކުރެއްވުމުގައި، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައަށްފަހު ސަރަޙައްދީ ސަލާމަތީ ކަންކަން ރޭވުމާ ބެހޭގޮތުންނާއި، ދެގައުމުގެ ދެމެދުގައިވާ އިސްތިރާޖީ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ۔

މީގެއިތުރުން، ރަޝިޔާއާއި އީރާނު ގުޅުވާލުމަށް ހުށަހެޅިފައިވާ ގޭސް ޕައިޕް އެޅުމުގެ މަޝްރޫޢާ ބެހޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ۔



ކިޔުންތެރިންގެ ހިޔާލު