ހުޅުމާލޭ ބަގީޗާ ހިނގުމުން ދަތުރުކުރި މާލެ ޓެކްސީ ސެންޓަރުގެ ކާރެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އަރިމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ފަތިހުގެ ވަގުތެއްގައި ހިނގައިފިއެވެ. މި ހާދިސާގައި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، މި އެކްސިޑެންޓް ހިނގައިގެން ރިޕޯޓުކޮށްފައި ވަނީ މިއަދު ފަތިހު ގާތްގަނޑަކަށް 04:33 ހާއިރުއެވެ.
މި ހާދިސާ ހިނގި ވަގުތު ކާރު ދުއްވަން އިން އުމުރުން 28 އަހަރުގެ ދިވެހި ފިރިހެން ޑްރައިވަރަށް އެކިވަރުގެ އަނިޔާތައް ލިބުނު ނަމަވެސް، ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް، މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ އެ އުޅަނދު ދުއްވި ޑްރައިވަރުގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓާފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު