ތަކުރާރުކޮށް އާންމުންނަށް ގޯނާކޮށް އުނދަގޫކުރަމުންދިޔަ މީހެއްގެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދިޔަ މުހައްމަދު ސައީދުއާ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާން ބައްދަލުކުރައްވައިފިއެވެ.
ސައީދު ފުލުސް އޮފީސް ދޮށުގައި މި ހަޅުތާލު ފަށާފައިވަނީ ކަށިމާ ހިނގުމާއި ދޫހިމެރި މަގު ބޭނުންކުރާ އާންމުންނަށާއި، އަވަށްޓެރިންގެ އިތުރުން ހާއްސަކޮށް އޭނާގެ އާއިލާއަށް އަހުމަދު ފައިރިޝް ނަމަކަށް ކިޔާ މީހަކު ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިކުރުވަމުން ދިއުމާ ގުޅިގެންނެވެ.
މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައުމާއެކު ފުލުހުން ވަނީ އާންމުންނަށް އުނދަގޫކުރުމުގައި އުޅުނު ފައިރިޝް ހައްޔަރުކޮށްފައެވެ.
ސައީދު ބަނޑުހައިހޫނުކަމުގެ ހަޅުތާލަކަށް ދާންޖެހުނީ ފައިރިޝްގެ ފަރާތުން އާންމު އުނދަގުލުގެ ގިނަ އަމަލުތަކެއް ތަކުރާރުކޮށް ފެންނަމުންދިއުމުންނެވެ.
އެގޮތުން މަގުން ހިނގާފައިދާ އާންމުންނާ ދިމާލަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔައި ހަޅޭއްލެވުމާއި، މަގުމައްޗަށް ސައިކަލުތައް ވައްޓައި އެހެން ސަރަހައްދުތަކުން ބޯޑުތައް ދަމައިގެނެސް މަގު ބަންދުކޮށް ޓްރެފިކަށް ހުރަސްއެޅުން ހިމެނެއެވެ.
މީގެއިތުރުން، ބެލްކަނީގައި ހުރެ މަގުމަތިން ހިނގާފައިދާ މީހުންގެ ގަޔަށް ފެނާއި ތެޔޮ އުކުމާއި، ދަންވަރު 12:00 އިން ފެށިގެން ފަތިސްވަންދެން މެދުކެނޑުމެއްނެތި އަޑުގަދަކޮށް ހަޅޭއްލެވުމާއި، އެއްވެސް އިންޒާރެއްނެތި ޕްލާސްޓިކް ފުޅިން މީހުންގެ ގައިގައި ތަޅައި ހަޅޭއްލެވުމުގެ މައްސަލަތައް ވަނީ ފާހަގަކުރެވިފައެވެ.
އަދި ސައީދުގެ އާއިލާ ދިރިއުޅޭ ގެއަށް ކުނިއެޅި މައްސަލަ ދެ ފަހަރެއްގެ މަތިން ވީޑިއޯއަށް ރެކޯޑުކުރެވިފައިވާ އިރު، އެ ގޭގައި ކުއްޔަށް އުޅޭ މީހުން ވަންނަ ވަގުތުތަކުގައި ފަހަތުން ވަގަށް ގޭތެރެއަށް ވަދެގަތުން ފަދަ ނުރައްކާތެރި އަމަލުތައްވެސް ފައިރިޝް ވަނީ ހިންގާފައެވެ.
ސައީދު ހަޅުތާލު ކުރަމުންދިޔަ ސަރަހައްދަށް މިނިސްޓަރު އިހުސާން ވަޑައިގެން އޭނާއާ ބައްދަލުކުރެއްވި ނަމަވެސް، އެ ބައްދަލުވުމުގެ އިތުރު ތަފްސީލެއް މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.
ނަމަވެސް، މިނިސްޓަރު އިހުސާން ސައީދުއާ ބައްދަލުކުރައްވާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު