ޗައިނާގެ ގައުމީ އަރުޝީފަށް ޒިޔާރަތްކުރައްވައި ތާރީހީ ލިޔެކިޔުންތައް ރައްކާކުރާ ގޮތްތައް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ބައްލަވައިފިއެވެ.
ޗައިނާގެ ހަންގްޒޫގައި ހުންނަ ނޭޝަނަލް އާކައިވްސް އޮފް ޕަބްލިކޭޝަންސް އެންޑް ކަލްޗަރ އަށް ހީނާ ކުރެއްވި އެ ޒިޔާރަތުގައި، އެކަމަނާ ވަނީ އެ ގައުމުގެ ތާރިހީ ލިޔެކިޔުންތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، އަންނާން އޮތް ޖީލުތަކަށް ސަގާފީ ހަނދާންތައް ދެމެހެއްޓުމުގައި ލިޔުންތެރިކަން އަދާކުރާ މުހިންމު ދައުރާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވައި، އެ ކަންކަން ބައްލަވާލައްވާފައެވެ.
ޗައިނާއަށް ހީނާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކަމަނާ ވަނީ ހަންގްޒޫގައި ހުންނަ ޒެޖިއަންގް ލައިބްރަރީއަށް ވެސް ޒިޔާރަތްކުރައްވައި، ލިޔެކިޔުންތަކުގެ ތަރިކަ ރައްކާތެރިކުރުމާއި، މަޢުލޫމާތާއި އިލްމު ފެތުރުމުގެ އިތުރުން، ފޮތްކިއުމުގެ އާދަ އަށަގަންނުވައި އުމުރަށް ދެމިގެންދާ އުނގެނުމަށް ބާރުއެޅުމުގައި އެ ކުތުބުހާނާއިން އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ.
ޗައިނާއަކީ ތާރީޚާއި ސަގާފަތް ރައްކާތެރިކޮށް ދެމެހެއްޓުމުގައި އެހެން ޤައުމުތަކަށް ނަމޫނާ ދައްކާ ޤައުމެކެވެ. އެގޮތުން ދާއިރާގެ ކަންކަމުގައި ޗައިނާއިން ގެންގުޅޭ އީޖާދީ ވިސްނުން އެހެން ޤައުމުތަކަށް ޚާއްސަކޮށް އޭޝިއާގެ ޤައުމުތަކަށް ޙިއްސާކުރުމަށް ޗައިނާއިން އަބަދުވެސް އިސްކަން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު