ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގޭ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އިން ކުރިއަށްގެންދާ ޑޮކްޓަރަލް ދެ ޕްރޮގްރާމަކަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
އެ ޔުނިވަރސިޓީން ނެރުނު ޕްރެސް ރިލީޒެއްގައިވާ ގޮތުން، އަލަށް ހުޅުވާލާފައިވަނީ އެޕްލައިޑް ސައިންސް (މެޓީރިއަލް ސައިންސް) ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) އާއި އިންޖިނިއަރިންގ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) އަށް ކިޔެވުމުގެ ފުރުޞަތެވެ.
މިއީ ސައިންސާއި އިންޖިނިއަރިންގގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް ރާއްޖޭގައި ހުޅުވާލެވުނު މުހިންމު ފުރުޞަތެކެވެ.
މި ޕްރޮގްރާމްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، ކޯހުގެ ތަފްޞީލު ބެލުމަށްފަހު އެމް.އެން.ޔޫގެ އެޑްމިޝަން ޕޯޓަލް (portal.mnu.edu.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފައެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޑިސެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ކަމަށްވާތީ، މުއްދަތު ހަމަވުމުގެ ކުރިން ފޯމުތައް ފުރިހަމަކޮށް ހުށަހެޅުމަށް ޔުނިވަރސިޓީން އިލްތިމާސްކުރެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ނުވަތަ އެޑްމިޝަނާ ގުޅޭގޮތުން ސާފުކުރަންބޭނުންވާ ކަންކަމަށް، ސްޓޫޑެންޓް ސަރވިސަސްގެ އީމެއިލް ([email protected]) މެދުވެރިކޮށް ނުވަތަ ރަސްމީ ގަޑިތަކުގައި (ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް) އެމް.އެން.ޔޫގެ ހޮޓްލައިން 1445 ނުވަތަ 3345147 އަށް ގުޅުމަށް އެ ޔުނިވަރސިޓީން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު