އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 20،000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެ، 60،000 އަށްވުރެ ގިނަ ކުދިން ޔަތީމުވެއްޖެ
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމުގެ ސަބަބުން، އެ ސަރަޙައްދުގެ ކުޑަކުދިންގެ ޅަފަތުގެ އުފާވެރިކަމާއި އުޖާލާ މުސްތަޤުބަލު މުޅިން ވިއްސިވިހާލިވެ، އެތައް ހާސް ޢާއިލާއެއްގެ ދިރިއުޅުން ވަނީ ބިމާހަމަވެފައެވެ.
މި އަނިޔާވެރި ޢުދުވާނުގައި މިހާތަނަށް 20،000 އަށްވުރެ ގިނަ ކުށެއްނެތް ޅަދަރިން ޝަހީދުކޮށްލާފައިވާއިރު، މައިންބަފައިންގެ ތެރެއިން އެކަކު ނުވަތަ ދެމަފިރިން އެކުގައި ވަކިވެދިޔުމުގެ ހިތާމައިގައި 60،000 އަށްވުރެ ގިނަ ކުދިން ވަނީ ޔަތީމުވެ، މަގުމަތިވެފައެވެ. އެ ކުދިންގެ ޙަޔާތުގައި އެންމެ ބޮޑަށް ލޯތްބާއި، އޯގާތެރިކަމާއި އަޅާލުން ބޭނުންވި ދަނޑިވަޅުގައި، ބޯހިޔާކޮށްލާނެ އޯގާތެރި ފިޔައެއް ނެތި ތަޙައްމަލު ކުރަމުންދަނީ ބަޔާންކުރަންވެސް ދަތި، ހިތްފަޅައިގެންދާ ފަދަ ވޭނެކެވެ.
މި ހިތްދަތި ކާރިސާގެ އިތުރުން، ކުރިމަތިވަމުން އަންނަ ފިނިމޫސުމާއެކު، ގެދޮރު ގެއްލި މަގުމަތިވެފައިވާ އެތައް ހާސް ކުދިންނެއް ތަޙައްމަލު ކުރަމުންދަނީ އިންތިހާއަށް ނިކަމެތި އަދި ނުރައްކާތެރި ޙާލަތެކެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ކުނިބުނީގެ ތެރޭގައްޔާއި ވަގުތީ ޓެންޓުތަކުގައި، އެކަށީގެންވާ ހިޔާވަހިކަމެއް އަދި ހޫނުކަމެއް ލިބެންނެތް ޙާލު ދިރިއުޅެން މަޖުބޫރުވެފައިވުމަކީ، އެ ކުދިންގެ ފުރާނައަށް އޮތް ބިރުވެރިކަން އިތުރަށް ބޮޑުވެ، އިންސާނީ އެންމެ އަސާސީ ޙައްޤުތަކުން މުޅިން މަޙްރޫމުވެގެންދާ ކަމެކެވެ.
މި ބިރުވެރި ޙަޤީޤަތަކީ މުޅި އިންސާނިއްޔަތު ލަދުވެތިވާންޖެހޭ ފަދަ ބޮޑު ކާރިސާއަކަށް ވީހިނދު، ބައިނަލްއަޤްވާމީ މުޖުތަމަޢުން މިކަމާ މެދު ހިމޭނުން ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ޣައްޒާގެ މައުޞޫމު ކުޑަކުދިންގެ ފުރާނައާއި ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި، އިސްރާއީލުގެ އަނިޔާވެރި ޙަމަލާތައް ވަގުތުން ވަގުތަށް ހުއްޓުވައި، ކާބޯތަކެއްޗާއި ޞިއްޙީ ފަރުވާ ފަދަ ކޮންމެހެން ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދުނިޔޭގެ ޤައުމުތަކުން މިހާރުން މިހާރަށް އިސްނަގައި، ޢަމަލީ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އެ ކުދިންގެ ގެއްލިފައިވާ މުސްތަޤުބަލު އަލުން އާރާސްތުކޮށްދިނުމަކީ މުޅި އިސްލާމީ އުންމަތާއި މުޅި ދުނިޔޭގެ ކޮނޑުގައި އެޅިފައިވާ ދޫކޮށްނުލެވޭނެ ބޮޑު ޒިންމާއެކެވެ.

ކިޔުންތެރިންގެ ހިޔާލު