ނިމިދިޔަ މަހުގެ ތެރޭގައި އެކަނި ވެސް 15 ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖިންސީ ގޯނާގެ ޝިކާރައަކަށް ވެގެން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 12 އަންހެން ކުދިންނާއި 3 ފިރިހެން ކުދިންނަށް ކުރި ގޯނާގެ މައްސަލައެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކުގެ ތެރެއިން ޖިސްމާނީ އަނިޔާގެ ގިނަ މައްސަލަތަކެއް ވެސް މިދިޔަ މަހު ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ޖިސްމާނީ އަނިޔާގެ 29 މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި 15 ފިރިހެން ކުދިންނަށް އަނިޔާކުރި މައްސަލަ ހިމެނެއެވެ. މީގެއިތުރުން ކުޑަކުދިންނަށް ނަފްސާނީ އަނިޔާ ދިނުމުގެ 8 މައްސަލައަކާއި، ބުލީ ކުރުމުގެ 5 މައްސަލައިގެ އިތުރުން ކުއްޖަކު ބްލެކްމެއިލް ކުރި އެއް މައްސަލަ ވެސް އެވުޒާރާއަށް ވަނީ ހުށަހަޅާފައެވެ.
ކުޑަކުދިންގެ މައްސަލަތަކުގެ އިތުރުން، ބޮޑެތި މީހުންނަށް ކުރާ އަނިޔާތަކާއި ގެވެށި އަނިޔާގެ ސީރިއަސް މައްސަލަތަކެއް ވެސް މިދިޔަ މަހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ބޮޑެތި މީހުން ރޭޕްކުރުމުގެ މައްސަލައަކާއި، ކައިވެނީގެ ތެރޭގައި އަނބިމީހާ ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ހިމެނެއެވެ. އަދި ބޮޑެތި މީހުންނަށް ޖިންސީ ގޯނާކުރި 2 މައްސަލައަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ އިތުރުން ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
އާއިލާއާ ބެހޭ ވުޒާރާގެ ހިސާބުތައް ދައްކާ ގޮތުން، ބޮޑެތި މީހުންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާކޮށްގެން ޖުމްލަ 41 މައްސަލައެއް މިދިޔަ މަހު އެކަނި ވެސް ވަނީ
ހުށަހަޅާފައެވެ.
މިފަދަ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުން އަންނައިރު، ކުޑަކުދިންނާއި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަމުންދާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ. އަދި މިފަދަ ކަންކަމާމެދު މުޖުތަމަޢު ހޭލުންތެރިވެ، އަނިޔާގެ އެއްވެސް އަމަލެއް ފެނިއްޖެނަމަ ލަސްނުކޮށް ރިޕޯޓުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު