ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ވިޔަފާރިވެރިންގެ މެދުގައި ސީދާ ބޭއްވޭ ބައްދަލުވުންތަކުގެ ސަބަބުން، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އައު ފުރުޞަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށް ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޚާރިޖީ ވަޒީރު ސެނެޓަރ މުޙައްމަދު އިސްޙާޤު ދާރު ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު އިސްލާމްއާބާދުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތެއްގައެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި އެ ޤައުމުގެ ރައީސް އާޞިފް ޢަލީ ޒަރްދާރީ އަދި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ފަރާތްޕުޅުން ރައީސް ޑރ. މުޢިއްޒަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ރައީސްގެ ދެކަނބަލުންނަށާއި ދިވެހި ވަފުދަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްޙާޤު ދާރު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޕާކިސްތާނުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ. އަދި މި ގުޅުމުގެ ތެރެއިން ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ އިތުރުން، ތަޢުލީމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ފުޅާކުރުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކުރިއަށްދާ "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" ގައި ރާއްޖޭގެ ވިޔަފާރިވެރިން ބައިވެރިވާތީ އެކަމަށް މަރުޙަބާ ވިދާޅުވަމުން، ދެ ޤައުމުގެ ޕްރައިވެޓް ސެކްޓަރ ނުވަތަ ވިޔަފާރިވެރިންގެ މެދުގައި ސީދާ ކުރެވޭ (ބީ2ބީ) މުޢާމަލާތްތަކުގެ ޒަރީޢާއިން، އިންވެސްޓްމަންޓްތައް އިތުރުވެ، ޢަމަލީ ގޮތުން ދެފަރާތަށް ފައިދާހުރި ނަތީޖާތަކެއް ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެމަނިކުފާނަށާއި ދިވެހި ވަފުދަށް ޕާކިސްތާނު ސަރުކާރުން އަދާކުރެއްވި ފުރިހަމަ މެހުމާންދާރީއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖެއިން އަބަދުވެސް އެދެނީ ޕާކިސްތާނާއެކު އޮތް ޒަމާންވީ ގާތް ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް، ދެ ޤައުމުގެ ރައްޔިތުންނަށް ލާބައާއި މަންފާ ލިބެނިވި އައު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު