މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ޑެމޯ ގްރީންހައުސްގައި، ކިއުކަމްބާއާއި ކަރާ ހެއްދުމާ ގުޅޭ ޓެކްނިކަލް ތަމްރީނު ޕްރޮގްރާމެއް ހދ. ހަނިމާދޫގައި ފަށައިފިއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަނީ ހަތް ރަށަކުން ހޮވާލެވުނު ޖުމްލަ 22 ބައިވެރިންނާ އެކުގައެވެ. މި ތަމްރީނަކީ ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތަކަށް ދަނޑުވެރިން އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ގްރީންހައުސް ފާމިންގ ނުވަތަ ރައްކާތެރި މާޙައުލެއްގައި ގަސްގަހާގެހި ހެއްދުމުގެ ދާއިރާއިން ބައިވެރިންގެ ފަންނީ މަޢުލޫމާތާއި ޢަމަލީ ހުނަރުތައް އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމެވެ. އަދި މީގެ އިތުރުން، ރާއްޖޭގައި ޒަމާނީ ދަނޑުވެރިކަމުގެ އައު އުކުޅުތައް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުމުގެ ނިޒާމެއް ރާއްޖޭގެ ރަށްރަށުގައި ޤާއިމުކުރުމަށް އެހީތެރިވެދިނުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު ބޭނުމެކެވެ.
މި ތަމްރީނުގެ ސަބަބުން، ދަނޑުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް މޫސުމީ ބަދަލުތަކުން ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، ފެންވަރު ރަނގަޅު ތަރުކާރީއާއި މޭވާ ރާއްޖޭގައި އުފެއްދުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު