މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް، އިންޒެކް 2026 ގެ ފުރަތަމަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ޚާއްޞަ ޕެނަލިސްޓުން މޯލްޑިވްސް ޒަކާތު ހައުސްއިން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.
މި ކޮންފަރެންސްގެ ފުރަތަމަ ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 'ނާޒުކު ޙާލަތަށް ވާޞިލުކޮށްދޭ ކަންކަމުގެ ސިލްސިލާ ދެނެގަތުން: މާލީ ދަތިތަކުން އިޖުތިމާއީ އެކަހެރިކަމަށް ވާޞިލުވާ ގޮތް ދިރާސާކުރުން' މި މައުޟޫޢުގެ ދަށުންނެވެ. މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ، ކުއްލިއަކަށް ކުރިމަތިވާ ޞިއްޙީ ބޮޑެތި ޙާލަތްތަކާއި ދަރަނީގެ ދަންތުރަތަކުގެ ސަބަބުން، މެދުފަންތީގެ ދިރިއުޅުމެއް އުޅެމުންދާ ޢާއިލާތައް ފަޤީރުކަމުގެ ތެރެއަށް ވެއްޓިގެންދާ ސަބަބުތައް ދެނެގަތުމަށެވެ. އަދި މިކަމާ ގުޅޭގޮތުން އިޖުތިމާއީ އަދި އިޤްތިޞާދީ ދާއިރާގެ މާހިރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ސެޝަންގެ ޕެނަލުގައި ދާއިރާގެ އިސް ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާއިރު، އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ޑިރެކްޓަރ ޖެނެރަލް ސުނީތާ ޢަބްދުﷲ އާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރ އަދި ޑިރެކްޓަރ އޮފް ރިއަލް އެސްޓޭޓް މެނޭޖްމަންޓް އަޙްމަދު އަސްލަމްގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންކްލޫޝަން ސެކްޝަންގެ ޑެޕިއުޓީ މެނޭޖަރ ތާއިފް އަޙްމަދު ރުޝްދީއެވެ. މި މުހިންމު މަޝްވަރާތައް މޮޑެރޭޓްކުރެއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްގެ ޒަކާތު ޢާމިލް، މަރިޔަމް މާޝާ މުޞްޠަފާއެވެ.
އެކި ދާއިރާތަކުގެ ތަފާތު ތަޞައްވުރުތަކާއި ވިސްނުންތައް އެއްތަންކޮށްދޭ މި ސެޝަންގެ ސަބަބުން، މާލީ ދަތިކަމާއި އިޖުތިމާޢީ ނާޒުކުކަމާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ސާފުވެގެންދާނެއެވެ. އަދި ދިރިއުޅުމުގައި މާލީ ތަދުމަޑުކަން ތަޙައްމަލުކުރަމުންދާ ފަރުދުންނަށާއި އާއިލާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް އަވަސް ހައްލުތަކެއް ހޯދުމުގެ މުހިންމުކަން މި މަޝްވަރާތަކުގެ ޒަރީއާއިން ހާމަވެގެންދާނެ ކަމަށް ޒަކާތު ހައުސްއިން ދެކެއެވެ.
މުޅި ކޮންފަރެންސް ބައްޓަންކުރެވިފައިވަނީ ތަފާތު ތިން މައުޟޫޢަކަށް ބަހާލައިގެން ކަމަށްވާއިރު، ކޮންމެ ސެޝަނެއްގައިވެސް ކީނޯޓް އެޑްރެހަކަށް ފަހު ޚާއްޞަ ޕެނަލް މަޝްވަރާއެއް ކުރިއަށްދާނެއެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤުޞަދަކީ ޒަކާތާއި އިސްލާމީ އިޖުތިމާޢީ މާލިއްޔަތާ ގުޅުންހުރި މިޒަމާނުގެ ގޮންޖެހުންތަކާ މެދު އިލްމީ ގޮތުން މަޝްވަރާކޮށް، ޚިޔާލާއި ތަޖުރިބާ ބަދަލުކުރުމަށް ބާރުއެޅުމެވެ. އަދި މުޖުތަމަޢުގައި ތިބި ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކަށް އެހީތެރިވެދީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ވިލުންތެރިކަން ވަރުގަދަކުރުމަށް އެޅިދާނެ ޢަމަލީ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމެވެ.
އިންޒެކް 2026 ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރު 2026 ވާ ދުވަހުގެ ހެނދުނު 8:30 އިން ރޭގަނޑު 7:00 އަށް، މާލެ ސިޓީގެ އިސްލާމީ މަރުކަޒުގައެވެ. އަދި މި ކޮންފަރެންސްގެ ދެން ހުރި ސެޝަންތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ޕެނަލިސްޓުންގެ ތަފްޞީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި އިޢުލާނުކުރައްވާނެ ކަމަށްވެސް މޯލްޑިވްސް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު