ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރި ޢާއިޝަތު ރިޝްމީ އަލުން ކައިވެނީގެ ގޮށް ޖަހައިފިއެވެ.
ރިޝްމީ މިފަހަރު ކައިވެނިކޮށްފައިވަނީ ރާއްޖޭގެ މަގުބޫލު ކްރިއޭޓިވް އޭޖެންސީއެއް ކަމަށްވާ "ޗޮޕްއާޓް" ގެ ޑިރެކްޓަރު މިހުސޯ ޢަބްދުއްސައްތާރާއެވެ. މި ކައިވެނީގެ އުފާވެރި ޚަބަރާއެކު، ކައިވެނީގެ ބައެއް ފޮޓޯތައް މިހުސޯ ވަނީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް އާންމުންނާ ހިއްސާކޮށްފައެވެ.
ހިއްސާކުރި ފޮޓޯތަކުގެ ކެޕްޝަންގައި މިހުސޯ ލިޔެފައިވަނީ، ރިޝްމީ މިހާރު އޭނާގެ އަނބިމީހާއަށް ވެއްޖެ ކަމަށެވެ.
މިއީ ރިޝްމީގެ ތިންވަނަ ކައިވެންޏެވެ. އޭނާ އެންމެ ފުރަތަމަ ކައިވެނިކުރީ ފިލްމީ ތަރި އަޙްމަދު އަޒުމީލް (އަޒޭ) އާއެވެ. އެ ކައިވެންޏަށް ދަރިއަކުވެސް ވަނީ ލިބިފައެވެ. އޭގެ ފަހުން ޑައިރެކްޓަރު އަދި އެކްޓަރު ރަވީ ފާރޫޤާ ކުރި ކައިވެނި ވަނީ 2022 ވަނަ އަހަރު ރޫޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު