ކައިވެނިކުރާނެ ކަމަށް ބުނެ އުފެއްދި ގުޅުމެއްގެ ތެރެއިން ދިން އަގުބޮޑު އައިފޯނެއް އަނބުރާ ހޯދުމަށް ފިރިހެނަކު ކުރި ދައުވާ، ށ. ބިލެތްފަހީ މެޖިސްޓްރޭޓް ކޯޓުގައި ސާބިތުނުވާ ކަމަށް ކަނޑައަޅައިފިއެވެ. އަދި މި މައްސަލައިގައި ދައުވާ ލިބުނު އަންހެން މީހާގެ ވަކީލު ފީގެ ގޮތުގައި 5،000 ރުފިޔާ، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ދެއްކުމަށް އެ ފިރިހެން މީހާގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެމްއައިބީގެ ފެސިލިޓީއެއްގެ ދަށުން ނަގާފައިވާ ގާތްގަނޑަކަށް 25،112 ރުފިޔާގެ 'އައިފޯން 16 ޕްރޯ މެކްސް' ފޯނު އަނބުރާ ހޯދަން ދައުވާކުރި ފިރިހެން މީހާ ބުނެފައިވަނީ، އެ ފޯނަކީ ކައިވެނިކުރަން ވާހަކަ ދެކެވުމުން ދިން އެއްޗެއް ކަމަށާއި، ފޯނު ލިބުމާއެކު އަންހެން މީހާ ގުޅުން ކަނޑާލީ ކަމަށެވެ.
ނަމަވެސް، ދައުވާއަށް އިންކާރުކޮށް އަންހެން މީހާ ބުނެފައިވަނީ، އެ ފޯނަކީ އޭނާގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އެއްވެސް ޝަރުތަކާ ނުލައި ދީފައިވާ އެއްޗެއް ކަމަށެވެ. އަދި ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހުނީ، އޭނާ އެހެން މީހަކާ ކައިވެނިކުރަން އުޅޭކަން އެންގި ހިސާބުން ކަމަށްވެސް އޭނާ ބުންޏެވެ.
މި މައްސަލައިގެ ހުކުމުގައި ފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި، އެއްވެސް ޝަރުތަކާ ނުލައި ހެޔޮހިތުން ދޭ ހަދިޔާއެއް، ފަހުން ދެމީހުންގެ ގުޅުން ކެނޑުމަކުން އަނބުރާ ހޯދޭނެ އެއްވެސް ޤާނޫނީ އަދި ޝަރުޢީ ހަމައެއް ނޯންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު