ދިވެހިރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިންގާފައިވާ އަނިޔާވެރި އަމަލާ ގުޅިގެން، އަނިޔާ ލިބުނު ފަރާތްތަކުގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް އާންމުނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސްކޮށްފިއެވެ.
އެ ކޮމިޝަނުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިންގާފައިވާ އަނިޔާވެރި އަމަލާ ގުޅުވައި ސޯޝަލް މީޑިއާ އަދި ނޫސްތަކުގައި މައުލޫމާތު އާންމުކުރުމުގައި، އަނިޔާ ލިބުނު ފަރާތްތަކުގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ޒާތީ މައުލޫމާތާއި، އަދި އެފަރާތްތައް އިތުރަށް އަނިޔާއަށް ހުށަހެޅިގެން ހިނގައިދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް ދައުރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
މީގެއިތުރުން، އެ މައްސަލަ ވީ އެންމެ އަވަހަކަށް ތަޙުޤީޤުކޮށް، އެ އަނިޔާވެރި އަމަލު ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ޝަރީޢަތަށް ހުށަހެޅުމަށްވެސް އެޗްއާރްސީއެމުން ވަނީ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.
އެޗްއާރްސީއެމުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި، ޒުވާން އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި ވާހަކަތައް ދައުރުވަމުންދާއިރު، އަނިޔާ ލިބޭ ފަރާތްތަކުގެ ރައްކާތެރިކަމަށް އިސްކަންދިނުމަކީ ގާނޫނީ ގޮތުންނާއި އިންސާނީ ކަރާމާތުގެ ގޮތުން ކޮންމެހެން މުހިންމު ކަމެއްކަން ކަމާބެހޭ ފަރާތްތަކުން އަބަދުވެސް ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު