ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ސިއްޙަތެއް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، މ. ދިއްގަރުގައި ޤާއިމުކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތުގެ ބޮޑުބައެއް ނިމި، މަޝްރޫޢު ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، މުޅި މަޝްރޫޢުގެ 56 އިންސައްތަ މަސައްކަތް މިހާރު އެއްކޮށް ފުރިހަމަކުރެވިފައިވާ ކަމަށެވެ. އަދި މިވަގުތު ސައިޓުގައި ކުރިއަށްދަނީ ޢިމާރާތުގެ އެތެރޭގެ ސީލިންގ ފްރޭމް އެޅުމުގެ މުހިންމު މަސައްކަތްތައް ކަމަށާއި، މި މަސައްކަތްތައް ތާވަލާ އެއްގޮތަށް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި އައުޓްޑޯ ޖިމެއް ޤާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ރައްޔިތުންނަކީ ދުޅަހެޔޮ، ހަރަކާތްތެރި ބަޔަކަށް ހެދުމަށާއި، ކަސްރަތާއި ކުޅިވަރުގެ ދާއިރާއިން ޒުވާނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމެކެވެ.
މި ސިޔާސަތުގެ ދަށުން، ދިއްގަރުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ އަދި ފުޓްސަލް ދަނޑުތައް އެޅުމާއި، ވޮލީ އަދި ބާސްކެޓްބޯޅަ ކޯޓުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައްވެސް ދަނީ ހިންގަމުންނެވެ. މީގެއިތުރުން، ޒަމާނީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި، ރަށްރަށުގައި ފަތާ ޓްރެކްތައް ޤާއިމުކޮށް، ކުޅިވަރުގެ ވަޞީލަތްތައް ލާމަރުކަޒީކޮށް ފުޅާކުރުމުގެ މަސައްކަތްތައްވެސް ބާރުދުވެލީގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
ދިއްގަރުގައި މި ތަރައްޤީކުރެވޭ ފިޓްނަސް ސެންޓަރުގެ ޚިދުމަތް ފެށުމުން، އެ ރަށުގެ ހުރިހާ ޢުމުރުފުރައެއްގެ ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް، އެއް ފުރާޅެއްގެ ދަށުން ކަސްރަތުކުރުމާއި ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވާނެ ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު