މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް އެސޯސިއޭޝަން އޮފް ޗާޓަޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ)ގެ "އެޕްރޫވްޑް އެމްޕްލޯޔާ ޕްރޮގްރާމް" ގެ ދަށުން ޝަރަފުވެރި ދެ އެކްރެޑިޓޭޝަން ރަސްމީކޮށް ހާސިލުކޮށްފިއެވެ.
އެމްޓީސީސީއިން ހާސިލުކުރި ދެ ސެޓިފިކޭޝަންއަކީ:
• އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔާ– ޓްރެއިނީ ޑިވެލޮޕްމަންޓް (ޕްލެޓިނަމް): މި އެކްރެޑިޓޭޝަންއަކީ އޭސީސީއޭގެ ޕްރޮފެޝަނަލް ސަނަދުތައް ހާސިލުކުރުމަށް މަސައްކަތްކުރަމުންދާ އެމްޓީސީސީގެ ޓްރެއިނީންނަށް ކުންފުނިން ދެމުންގެންދާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށްދޭ ޕްލެޓިނަމް ފެންވަރުގެ ސެޓިފިކޭޝަނެކެވެ.
• އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔާ – ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް: މި އެކްރެޑިޓޭޝަންއަކީ އޭސީސީއޭ ފުރިހަމަކޮށްފައިވާ މެންބަރުންގެ ޕްރޮފެޝަނަލް ތަރައްގީއަށް މެދުކެނޑުމެއްނެތި ފުރުސަތުތައް ފަހިކޮށްދިނުމުގައި އެމްޓީސީސީން ދެމިތިބިކަން ފާހަގަކޮށްދޭ ސެޓިފިކޭޝަަނެކެވެ.
މި ސެޓިފިކޭޝަންތައް ހާސިލުކުރުމަކ،ީ އެމްޓީސީސީގެ އެކައުންޓިން އަދި ފައިނޭންސް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ގާބިލުކަން ތަރައްގީކުރުމަށާއ،ި އެ މުވައްޒަފުންގެ ޕްރޮފެޝަނަލް ކުރިއެރުމަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ކުންފުނިން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ މުހިންމު ކާމިޔާބީއެއް ކަމުގައި މެނޭޖްމަންޓުން ދެކޭކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު