ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ދެކޮޅަށް ހިންގި މުޒާހަރާ-
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ދެކޮޅަށް ހިންގި މުޒާހަރާ-
16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައަކީ ދެކުނުގެ ސެންޓްރަލް ޕޮލިސް ސަރަހައްދުގައި ހިމެނޭ ރަށެއްގައި ހިނގާފައިވާ މައްސަލައެކެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި މައްސަލަ ހުށަހަޅާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. މި މައްސަލައަކީ ސުކޫލު ޓީޗަރަކު 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

މި މައްސަލައާ ގުޅިގެން، މިމަހު 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، 52 އަހަރުގެ ބިދޭސީ ފިރިހެނަކުވަނީ ހައްޔަރުކޮށްފައެވެ. އޭނާއަކީ މި މައްސަލައިގައި ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ ޓީޗަރެވެ.

ހައްޔަރުކުރި ފިރިހެން މީހާ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު