އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) އިން އާންމުކުރި އެންމެ ފަހުގެ "ވޯލްޑް އިކޮނޮމިކް އައުޓްލުކް" ރިޕޯޓުގައިވާ ގޮތުން، 2026 ވަނަ އަހަރު ބަންގްލަދޭޝްގެ ބޮލަކަށް ޖެހޭ ޖުމްލަ އުފެއްދުންތެރިކަން (ޕާ ކެޕިޓާ ޖީޑީޕީ) އަވައްޓެރި އިންޑިއާއަށްވުރެ ކުރިއަރައިދާނެ ކަމަށް ލަފާކޮށްފިއެވެ.
ނަމަވެސް، އިގްތިސާދީ ޖުމްލަ ބޮޑުމިނާއި، ގަތުމުގެ ގާބިލުކަން އަދި އިގްތިސާދީ ކުރިއެރުމުގެ ދުވެއްޔަށް ބަލާއިރު އިންޑިއާ އުޅެނީ ބަންގްލަދޭޝްއަށްވުރެ ވަރަށް ބޮޑަށް ކުރީގައެވެ.
އައިއެމްއެފްގެ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ބަންގްލަދޭޝްގެ ބޮލަކަށް ޖެހޭ ޖީޑީޕީ 2,886 އެމެރިކާ ޑޮލަރަށް އަރާނެއެވެ. އެއާ ހިލާފަށް އިންޑިއާގެ ބޮލަކަށް ޖެހޭ ޖީޑީޕީ ހުންނާނެ ކަމަށް ލަފާކުރެވެނީ 2,749 އެމެރިކާ ޑޮލަރުގައެވެ.
މީގެ ކުރިން 2020 ވަނަ އަހަރުވެސް ބަންގްލަދޭޝްއިން ބޮލަކަށް ޖެހޭ ޖީޑީޕީގެ ނިސްބަތުން އިންޑިއާ ފަހަތަށް ޖައްސާލި ނަމަވެސް، ޖެހިގެން އައި އަހަރުތަކުގައި އިންޑިއާއިން ވަނީ އަލުން ކުރިހޯދާފައެވެ.
ބޮލަކަށް ޖެހޭ އުފެއްދުންތެރިކަމުން ބަންގްލަދޭޝް ކުރިހޯދި ނަމަވެސް، ދެ ގައުމުގެ އިގްތިސާދީ ހަގީގީ ގާބިލުކަމާއި ދިރިއުޅުމުގެ ފެންވަރުގެ މެދުގައި ބޮޑު ފަރަގެއް އެބައޮތް ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރައްވައެވެ.
އިންޑިއާގެ އިގްތިސާދަކީ ބަންގްލަދޭޝްގެ އިގްތިސާދަށްވުރެ ގާތްގަނޑަކަށް އަށް ގުނަ ބޮޑު އިގްތިސާދެކެވެ. އެގޮތުން 2026 ގައި އިންޑިއާގެ ޖުމްލަ ޖީޑީޕީ 4.15 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭއިރު، ބަންގްލަދޭޝްގެ ޖީޑީޕީ ހުންނާނެ ކަމަށް ލަފާކުރެވެނީ 506.4 ބިލިއަން ޑޮލަރުގައެވެ.
ބޮލަކަށް ޖެހޭ ޖީޑީޕީއަކީ ގައުމެއްގެ ޖުމްލަ އުފެއްދުންތެރިކަން އެ ގައުމެއްގެ އާބާދީގެ އަދަދުން ހިސާބުކުރެވޭ މިންގަނޑެކެވެ.
މިއީ ވަކިވަކި ފަރުދުންނަށް ލިބޭ އާމްދަނީ ނުވަތަ އެކްސްޕޯޓް އަދި ރެމިޓަންސް ހިމެނޭ ގޮތަށް ގައުމަށް ވަންނަ ޖުމްލަ އާމްދަނީ ސީދާ ދައްކުވައިދޭ މިންގަނޑެއް ނޫނެވެ.
ވޭތުވެދިޔަ ދެ ދަހަރާގެ ތެރޭގައި ބަންގްލަދޭޝްއިން ވަނީ އިގްތިސާދީ ގޮތުން ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މި ކުރިއެރުމުގެ މައިގަނޑު އަސާސަކީ ތައްޔާރީ އަންނައުނު އެކްސްޕޯޓް ކުރުމުގެ ސިނާއަތާއި، ބޭރުގައުމުތަކުގައި އުޅޭ މަސައްކަތްތެރިން ފޮނުވާ ފައިސާ (ރެމިޓަންސް) އަދި މަސައްކަތްތެރިންގެ ތެރޭގައި އަންހެނުންގެ ހިއްސާ އިތުރުވުމެވެ.
ނަމަވެސް، ތަކެތީގެ އަގު އުފުލުމާއި އިގްތިސާދީ ކުރިއެރުން މަޑުޖެހުމުގެ ސަބަބުން މިހާރު އެ ގައުމުގެ އިގްތިސާދަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު