ބަނގުލަދޭޝްގެ ހަބީގަންޖްގައި އައިފޯން 11 އެއްގެ މައްސަލައިގައި ޒުވާނަކު މަރާލައި ކާނުގަނޑަކަށް އެއްލާލާފައި އޮއްވާ ފެނިއްޖެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ތާރިގް މިއާ ނަމަކަށް ކިޔާ، ކާނޭޓު މަސައްކަތްކުރާ ޒުވާނެކެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ގެއްލިގެން ހޯދާތާ ހަ ދުވަސް ފަހުން، ލަކްހާއީ އުޕަޒިލާގެ މަގުމަތީގައި އޮތް ކާނުގަނޑެއްގެ ތެރެއިންނެވެ.
މި މަރުގެ ތުހުމަތުގައި ފުލުހުން ވަނީ ތާރިގްގެ އެކުވެރިއެއް ކަމަށްވާ ސާހިލް މިއާ ހައްޔަރުކޮށްފައެވެ. ފުލުހުންގެ ތަހުގީގުގައި ސާހިލް އިއުތިރާފުވެފައިވާ ގޮތުގައި، މިދިޔަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުގެ ރޭ އޭނާ ތާރިގް މަރާލީ އޭނާ ގެންގުޅުނު އައިފޯން 11 ބޭނުންވެގެންނެވެ. ސާހިލް ވަނީ ތާރިގް އެކަހެރި ތަނަކަށް ގެންގޮސް، އޭނާގެ ކަރު ބުރިކޮށްލުމަށްފަހު ހަށިގަނޑު ކާނުގަނޑަކަށް އެއްލާލާފައެވެ.
ތާރިގްގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ފޯނު ކޯލް ރެކޯޑްތައް ބަލައި ފުލުހުން ކުރި މަސައްކަތުން ސާހިލް ހޯދައި ހައްޔަރުކުރިއެވެ. އަދި އޭނާ ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް، ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ތާރިގްގެ ހަށިގަނޑު ހޯދާފައެވެ.
މި މައްސަލައިގައި މިހާރު ކުރިއަށްދަނީ މަރުގެ ދައުވާ އުފުލުމަށް ބޭނުންވާ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު