ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް މެންބަރުން އައްޔަންކުރުމަށް ބޭއްވި އިންތިޚާބުގެ ކާމިޔާބީއަކީ ރައީސް މުޙައްމަދު މުއިއްޒަށް ރައްޔިތުންގެ އިތުބާރު އޮތްކަމުގެ ހެއްކެއް ކަމަށް ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަޚުލޫފް ވިދާޅުވެއްޖެއެެވެ.
މަޚުލޫފް މިހެން ވިދާޅުވީ އެލްޖީއޭ ބޯޑުގެ އިންތިޚާބު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދެ ކެންޑިޑޭޓުން ކާމިޔާބު ކުރުމާއި ގުޅިގެން އެކްސްގައި ކުރެެއްވި ޕޯސްޓެއްގައެވެ.މި ކާމިޔާބީއާ ގުޅިގެން ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަޚުލޫފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤައުމު ވިއްކާލަނީ ކަމަށް ބުނެ ފިތުނަވެރި ވާހަކަތައް ދައްކަމުންދާ ދަނޑިވަޅެއްގައި، ކައުންސިލްތަކާއި ޑަބްލިއުޑީސީގެ މެންބަރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ފުރިހަމަ އިތުބާރު އޮތްކަން މި ވޯޓުން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ދެ ކެންޑިޑޭޓުންނަށް މަޚުލޫފް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.
މިއިންތިޚާބުގައި ކައުންސިލަރުންގެ ތެރެއިން އެލްޖީއޭ ބޯޑަށް އިންތިޚާބުވެވަޑައިގެންފައިވަނީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަޙްމަދެވެ. އަދި އ.ތ.މ. ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބު ވެވަޑައިގެންފައިވަނީ ށ. ފުނަދޫ އ.ތ.މ. ކޮމިޓީގެ ރައީސް މަރްޔަމް ޒީނާއެވެ.
އެލްޖީއޭގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 807 ފަރާތުގެ ތެރެއިން 706 ފަރާތަކުން ވޯޓުލާފައިވާއިރު މިއީ 87.5 އިންސައްތައިގެ ވަރަށް މަތީ ޓަރންއައުޓެކެވެ.

ކިޔުންތެރިންގެ ހިޔާލު