މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، މަސްވެރިންގެ އަތުން މިއަދު ކަޅުބިލަމަސް ގަންނަ އަގު ބޮޑުކޮށް، ކިލޯއެއް 23 ރުފިޔާއަށް ގަތުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.
މިއީ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިވެހި މަސްވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ކުންފުނިން ހަމަޖެއްސި ޚާއްޞަ އަގެކެވެ.
ކަޅުބިލަމަހުގެ އިތުރުން، ބޮޑުކަންނެލި ގަންނަ އަގުތަކަށްވެސް މިއަދު ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން 10 ކިލޯ އާއި 15 ކިލޯއާ ދެމެދުގެ ބޮޑުކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަތުމަށް ހަމަޖެހިފައިވާއިރު، 25 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިލޯއެއް މިއަދު ގަންނަމުންދާނީ 25 ރުފިޔާގެ މަގުންނެވެ.
މި ޚާއްޞަ އަގުތަކުގައި މަސްވެރިންގެ އަތުން މަސް ގަތުމުގެ އިންތިޒާމުތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފްކޯއިން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން، ހއ. އިހަވަންދޫ، މ. މުލައް، ތ. ހިރިލަންދޫ އަދި ގދ. ތިނަދޫ ބަނދަރުންވެސް މިއަދު މި އަގުތަކުގައި މަސް ކިރުމުގެ ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި އެއް ބަހާ ކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްޓަކައި 1 ނޮވެމްބަރު 1993 ގައި އުފެއްދި މިފްކޯއަކީ ވޭތުވެދިޔަ 33 އަހަރުގެ ތެރޭގައި މި ސިނާޢަތުގެ އެންމެ މައި އެއް ތަނބެވެ.
މަސްވެރިން ބާނާ މަސް ގަނެ، އެ ތަކެތި ޕްރޮސެސްކޮށް ބޭރުގެ މާކެޓްތަކަށާއި ރާއްޖޭގެ ބާޒާރަށް ނެރުމުގެ އިތުރުން، މަސްވެރިންނަށް ބޭނުންވާ ތެލާއި އައިސް ފަދަ މުހިންމު ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގައި މިފްކޯއިން އަދިވެސް އަންނަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު