ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ލިޔުއްވާފައިވާ ކުރުވާހަކަ ފޮތް "80ގެ ކުރީކޮޅު" މިރޭ ބޭއްވި ޚާއްޞަ ހަފުލާއެއްގައި ނެރެދެއްވައިފިއެވެ.
ދޮންމަނިކު ސްކައިވިއު ރެސްޓޯރެންޓުގައި ބޭއްވި މި ފޮތް ނެރުމުގެ ރަސްމިއްޔާތުގައި މި ފޮތް ނެރެދެއްވީ އެމަނިކުފާނުގެ ބޮޑުދައިތާފުޅު ޒުހައިރާ ޢުމަރެވެ.
މި ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ފޮތުގައި ހިމެނޭ ވާހަކަތައް އެމަނިކުފާނު ލިޔުއްވީ 1980ގެ ފަހުކޮޅާއި 90ގެ ކުރީކޮޅުގެ ތެރޭގައި ކަމަށެވެ. އެގޮތުން 1994 ވަނަ އަހަރު ޖަލުން ގެއަށް ބަދަލުކޮށް ގޭބަންދަށް ގެނައި ދުވަސްވަރު އެ ވާހަކަތައްލިޔުއްވާފައިވާކަން ފާހަގަކުރައްވަމުން، އެ ފޮތަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތާ ގުޅުވައިގެން ލިޔެފައިވާ އެއްޗެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.އެ ފޮތުގައި ހިމެނޭ ވާހަކަތަކުގެ ތެރޭގައި "ޗާލާ ޒަމާން"، "ހިތާއި ހިތުގެ ގުޅުން""މޫސަބަރު"، "ގައުމީ މަޝްރޫއު""ރީތި ހަދިޔާ" ހިމެނެއެވެ.
އެވާހަކަތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކަންކަން ފުރޮޅިގެންދާނެ ގޮތް ދެނެގަތުމަށް އެންމެ ރަނގަޅު ވަސީލަތަކީ ވާހަކަ ކަމަށާއި، ޤައުމެއް އަދި ޤައުމިއްޔަތެއް ބިނާވެގެންދަނީ އެ ޤައުމެއްގެ އެންމެން ހިއްސާކުރާ ވާހަކައެއް އޮވެގެން ކަމަށެވެ.
ރޭ ނެރުނު މި ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 250 ރުފިޔާއަށެވެ.
ސިޔާސީ ދާއިރާއަށް ވަޑައިގަތުމުގެ ކުރިން ވެސް ލިޔުންތެރިކަމާއި ތާރީޚީ ދިރާސާތަކުގައި އިސްކޮށް އުޅުއްވާފައިވާ ރައީސް ނަޝީދު ވަނީ މީގެ ކުރިން ނޫސްވެރިކަން ވެސް ކުރައްވާފައެވެ. އެމަނިކުފާނުގެ މަޝްހޫރު އެހެން ފޮތްތަކުގެ ތެރޭގައި "ދަގަނޑު ދަހަނާ""ކިއްލާ މާލެ"، "ދެ ރަދުން" "އެއްބަސްވެވޭ އިންގިލާބު"، "ވެރިއެއްގެ ނިމުން" ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު