މާލޭ މަގުމަތީގައި ޕާކުކޮށްފައި ހުރި އަންހެނެއްގެ ސައިކަލެއް ވަގަށް ނަގައި، އޭގެ އަސްލު އޮޅުވާލައި ބޮޑެތި ގެއްލުންތަކެއް ދިން މީހަކު ނުވަ މަހަށް ޖަލަށްލުމާއެކު، ގެއްލުމުގެ ބަދަލު ދިނުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ކ. މާލެ، ހ. އަނަސަމް، ލުގުމާން އިސްމާޢީލްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ކަމަށްވާ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށާއި، މުދަލަށް ގެއްލުން ދިނުމުގެ ކުށަށް ޝަރީޢަތުގެ މަޖިލީހުގައި އޭނާ ވަނީ ފުރިހަމައަށް އިއުތިރާފުވެފައެވެ.
އޭނާގެ އިއުތިރާފާ ގުޅިގެން އަވަސްނިޔާގެ އަޑުއެހުމެއް ބޭއްވުމަށްފަހު، ގާޟީ ޢަލީ ނަދީމް ކުރެއްވި ހުކުމުގައި ވަނީ، މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ އަދަބެއްގެ ގޮތުން، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ނުވަ މަހާއި ދެ ދުވަހުގެ ޖަލު ބަންދެއް ކަނޑައަޅުއްވާފައެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ ކުށުގައި 18 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވަވާފައެވެ. މީގެ އިތުރުން، ސައިކަލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 3,267 ދިވެހި ރުފިޔާ، 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް ހުކުމުގައި އަމުރުކޮށްފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. މާލޭ މިރިޔާސްމަގުގައި ހުންނަ އަލްސަބާޔާ އަތަރު ފިހާރަ ކުރިމަތީގައި ޕާކުކޮށްފައި ހުއްޓާ ގެއްލުނު މި ޖީއެން ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ޖުލައި މަހުގެ އަށްވަނަ ދުވަހުގެ ރޭދަންވަރު ލުގުމާން އެ ސައިކަލު ދުއްވާފައި ގޮސް މަގުމައްޗަށް ޕާކުކުރަނިކޮށެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، ސައިކަލު ފެނުނުއިރު އޭގެ އަސްލު އޮޅުވާލުމަށްޓަކައި ނަންބަރު ބޯޑުތައް ބަދަލުކޮށް، ކުލަ ކަވަރުތަކާއި ސައިޑް ލޯގަނޑު ވަނީ ބަދަލުކޮށްފައެވެ. އަދި އޭގެ އިތުރުން ސްޓާޓް ލޮކާއި ހުންގާނު ލޮކް ފަދަ މުހިންމު ބައިތައް ހަލާކުކޮށް، މީޓަރު ބޯޑާއި ބްރޭކް ޕެޑަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.
ކުށަށް އިއުތިރާފުވަމުން ލުގުމާން ބުނެފައިވަނީ، މަގުމަތިން ފެނުނު ތަޅުދަނޑިއަކުން ސައިކަލު ހުޅުވުމުން އެ ގެންދިޔައީ ކަމަށާއި، އަދި ސައިކަލުގެ ބައެއް ބައިތަކަށް ބަދަލު ގެނައި ކަމަށެވެ.
މި މައްސަލައިގައި ލުގުމާންގެ މައްޗަށް ހުކުމް އައިއިރު، އޭނާއަކީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ފުލުހުން ކުރިން ހޯދާފައިވާ އަދި ރެސްޓޯރަންޓެއްގެ ތެރޭގައި މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުނު މައްސަލައެއްގައި ވެސް ދައުވާ އުފުލާފައިވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު