ރައްޔިތުންގެ މަޖިލީހުން އިތުބާރު އޮތްކަމަށް ނިންމެވި ނިންމެވުމުން ހާމަވެގެންދަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށާއި އެމަނިކުފާނުގެ މެނިފެސްޓޯގެ އިތުރުން، ދުރުވިސްނޭ ޙިކްމަތްތެރި ސިޔާސަތުތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަން ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސަޢީދު މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި މިއަދު މަޖިލީހުގެ ތަޅުމުގައި ޖަވާބުދާރީވެވަޑައިގަތުމަށްފަހު، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ، މަޖިލީހުގައި ޖަވާބުދާރީވެވަޑައިގެންނެވީ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ރަނގަޅަކަށް، ނުހަނު ތެދުވެރިކަމާއެކު ކަމަށެވެ. އަދި ޖަވާބުދާރީވާން ލިބިވަޑައިގެންނެވި 60 މިނިޓުގެ ތެރޭގައި ވީހައިވެސް ތަފްސީލުކޮށް ކަންކަން ސާފުކޮށްދެއްވުމަށް މަސައްކަތް ކުރެއްވި ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިނިސްޓަރާ ދޭތެރޭ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އާއި، ޕީޖީ ލީޑަރު އިބްރާހީމް ފަލާޙުގެ އިތުރުން، ޕީއެންސީގެ އެންމެހައި މެންބަރުން ބެހެއްޓެވި ގާތްކަމަށާއި ކުރެއްވި އިތުބާރަށް މިނިސްޓަރު ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ޑރ. މުޢިއްޒުގެ އިޤްތިޞާދީ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެމަނިކުފާނު ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވާފައިވާ މަސައްކަތްޕުޅުތައް ކަމަށެވެ. އެގޮތުން ރައީސް މުޢިއްޒު ވަނީ ރާއްޖެ ބަނގުރޫޓުވިޔަނުދީ ސަލާމަތްކުރައްވައި، ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކުރައްވައި އަދި ވާރުތަވި އިޤްތިޞާދީ ބޮޑެތި މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވާފައި ކަމަށް ސަޢީދު ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީގެ ސުވާލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ، އެ ޕާޓީން ކޮށްފައިވާ ސުވާލުތަކުގައި މިނިސްޓްރީގެ މެންޑޭޓާ ސީދާ ނުގުޅޭ އެތައް ކަމެއް ހުރި ނަމަވެސް، ހުރިހާ ސުވާލަކަށްވެސް ޙަޤީޤަތް ހާމަކުރައްވައި ތެދުވެރިކަމާއެކު ޖަވާބުދާރީވެވަޑައިގެންނެވި ކަމަށެވެ. އަދި ސަރުކާރުގެ ކާމިޔާބީތައް ނަންބަރުތަކާއި ހެކިތަކާއެކު މަޖިލީހުގައި ސާބިތުކޮށްދެއްވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނިންމަވާލައްވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ދެފުށް ފެންނަ، ޖަވާބުދާރީވުމުގައި ލާމަސީލު މިސާލެއް ދައްކަމުންދާ ސަރުކާރެއް ކަމަށެވެ. އަދި ސަރުކާރުގެ ކާމިޔާބަކީ ރައީސުލްޖުމްހޫރިއްޔާގެ ޤިޔާދަތުގެ ދަށުން ބަދަހި ޓީމެއްގެ ގޮތުގައި ކުރެވޭ ހިންމަތްތެރި މަސައްކަތުގެ ނަތީޖާ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު