ވެމްކޯގެ އުޅުނދުތައް އެރަށަށް ފޮނުވުމުގެ ތެރެއިން-
ވެމްކޯގެ އުޅުނދުތައް އެރަށަށް ފޮނުވުމުގެ ތެރެއިން-
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކޯލް ސެންޓަރު ހޮޓްލައިން، 1666 ގެ ޚިދުމަތް ވަގުތީ ގޮތުން މާދަމާ މެދުކަނޑާލަން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ވެމްކޯ އިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ހޮޓްލައިންގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ވަގުތުތަކުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޚިދުމަތްތައް ހޯދުމަށް އެދޭ ކަމަށެވެ.

އެގޮތުން، މިސްޑް ކަލެކްޝަން ރިޕޯޓްކުރުމަށާއި، ކެޕްސްގެ ޚިދުމަތްތަކަށް އެދި ހުށަހެޅުމަށް ވެމްކޯ އެޕް އިޚްތިޔާރު ކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މީގެ އިތުރުން ވެސް އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ވެސް ވެމްކޯ އެޕް ބޭނުންކުރުމަށް އެދިފައިވެއެވެ.

ވެމްކޯ އަކީ މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގެ ގޭބިސީތަކުންނާއި ވިޔަފާރިތަކުން ކުނި އުކާލުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ކުންފުންޏެކެވެ.

މީގެއިތުރުން، ރިސޯޓުތަކުން އުފެދޭ ކުނި ރައްކާތެރިކަމާއެކު އުކާލުމުގެ ޚިދުމަތް ވެސް އެ ކުންފުނިން ދަނީ މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު