މޯލްޑިވްސް އެކްސްޕޯ 2026 ގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) ގިންތިން ދެވަނަ މަގާމު ހޯދައި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.
މި ޝަރަފުވެރި އެވޯޑު ވެމްކޯއާ ހަވާލުކޮށްދެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރުއެވެ. ވެމްކޯގެ ފަރާތުން މި އެވޯޑާ ހަވާލުވެލެއްވީ އެ ކުންފުނީގެ މަންދޫބެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ވެމްކޯ އިން ބުނީ ރާއްޖޭގެ އެންމެ ބޮޑު އުފެއްދުންތެރިކަމުގެ މައުރަޒުގެ މިފަދަ ވާދަވެރި ގިންތިއަކުން ދެވަނަ ލިބުމަކީ މުޅި ކުންފުންޏަށާއި ޓީމަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
އަދި މި ކާމިޔާބީއަކީ މުވައްޒަފުން ކުރި ބުރަ މަސައްކަތާއި، ތިމާވެއްޓާ ރައްޓެހި އީޖާދީ ވިސްނުންތައް ކުރިއެރުވުމަށް ދިން ސަމާލުކަމުގެ ނަތީޖާކަން ފާހަގަކޮށް، މުޅި ޓީމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
އިޤުތިޞާދީ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މިއަހަރުގެ އެކްސްޕޯއަކީ ރާއްޖޭގެ ތާރީޚުގައިވެސް ބޭއްވޭ އެންމެ ބޮޑު މައުރަޒެވެ.

ކިޔުންތެރިންގެ ހިޔާލު