ފޮޓޯ: އެސްއެމްއީ ޑިޖިޓަލް
ފޮޓޯ: އެސްއެމްއީ ޑިޖިޓަލް
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ބޭނުންތަކަށް އެންމެ އެކަށޭނެ ފައިނޭންސް ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްގެ 3 ފައިނޭންސިންގ ފެސިލިޓީއަކަށް ކަނޑައަޅާފައިވާ ލިމިޓް 10 މިލިއަނަށް އިތުރުކޮށްފިއެވެ.

އެސްއެމްއީ ޑިޖިޓަލް އިން ބުނީ، ފައިނޭންސިންގ ލިމިޓް އިތުރުކޮށްފައިވަނީ މުޅިން އަލަށް ވިޔަފާރި ފެށުމަށް އަދި ހިނގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް ފައިނޭންސް ދޫކުރާ، އެސެޓް ފައިނޭންސިންގ، ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ އަދި ވެސެލް ފައިނޭންސިންގ އަށް ކަމަށެވެ. ކުރިން 5 މިލިއަނަށް ފޯރުކޮށްދެމުން އައި މި ފައިނޭންސިންގެ ލިމިޓްތައް 10 މިލިއަނަށް އިތުރުކޮށްފައިވަނީ ރާއްޖޭގެ ކުދި ވިޔަފާރިތައް ހަލުވިކަމާއި އެކު ކުރިއަރަމުން އަންނަ އިރު، އެ ވިޔަފާރިތަކުގެ ފައިނޭންސިންގ ޑިމާންޑްތަކާއި ބައްދަލުކޮށް ފުރުސަތު ފަހި ކުރުމުގެ ގޮތުންނެވެ.

އެސްއެމްއީ ޑިޖިޓަލުން ބުނެފައިވަނީ، އެސެޓް ފައިނޭންސިންގ އަކީ ވިޔަފާރި މުޅިން އަލަށް ފަށަން އަދި މިހާރުވެސް ހިނގަމުންދާ ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ގަތުން ކަމަށެވެ. އަދި ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ އަކީ، 2 އަހަރު ވެފައިވާ ވިޔަފާރިތައް ފުޅާކުރުމަށް ކެޕިޓަލް އިންވެސްޓްމަންޓްތަކަށް ހަރުދުކުރުމުގެ އިތުރުން އާ މަކެޓްތަކަށް ވަނުމަށާއި އިތުރު އާމްދަނީ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމަށް ދޫކުރާ ފައިނޭންއެވެ.

ހަމައެއާއެކު، ވެސެލް ފައިނޭންސިންގ އަކީ މުޅިން އަލަށް އަދި ހިނގަމުންދާ ވިޔަފާރިތަކަށް އުޅަނދު ގަތުމަށް އަދި ބަނުމުގެ އިތުރުން އުޅަނދުގައި އިންޖީނު އެޅުން ފަދަ ބޭނުންތަކަށް ދޫކުރާ ފައިނޭންސިންއެވެ. މީގެ ތެރޭގައި ޑައިވް ދޯނި، ސްޕޯޓްސް ފިޝިން އަދި އެކްސްކާޝަންގެ ހޯދުމުގެ އިތުރުން މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދުތަކަށް ފައިނޭންސް ކޮށްދޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެފައިވެއެވެ.

ރާއްޖޭގެ ހަރަކާތްތެރިވާ ވިޔަފާރިތަކުން އެ ވިޔަފާރިތަކުގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ބޭނުންވެފައިވާއިރު، އެ ވިޔަފާރީގެ ބޭނުންތަކަށް އެކަށޭނެ މިންވަރަށް ފައިނޭންސިންގ ފުރުސަތުތައް ފަސޭހައިން ލިބެން ހުރުމަކީ ވިޔަފާރިތައް ކުރިއަރައިގެން ދިއުމަށް ލިބިގެންދާ ބާރު ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

މިބަދަލާއި ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ "ފައިނޭންސިންގ ލިމިޓަކީ އެއްވެސް ވިޔަފާރިއެއްގެ ކުރި އެރުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ، އެހެން ކަމުން މި ބަދަލަކީ ވިޔަފާރިތަކަށް ވަރަށް ބޭނުންތެރި ބަދަލެއް ކަމަށް އަޅުގަނޑުމެން ގަބޫލް ކުރަން. އެސްއެމްއީ ޑިޖިޓަލް އިން އަބަދުވެސް މަސައްކަތް ކުރަނީ ވިޔަފާރިތަކުގެ ބޭނުންތަކަށް ފައިނޭންސް ފޯރުކޮށްދީ އެ ވިޔަފާރިތައް ދެން އޮތް ހަރުފަތަށް ގެންދިއުމުގެ ބައިވެރިއެއް ގޮތުގައި." އެވެ.

މި ފައިނޭންސިންގ ފުރުސަތުތަކަށް އެދުމަށް އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓު ގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށެހެޅޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް