ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ފަރުމާކޮށްފައިވާ "ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގ" ގެ ދެވަނަ ފިޔަވަހީގެ ފުރުސަތު މިއަދު ވަނީ ރަސްމީކޮށް ހުޅުވާލާފައެވެ.
މި ފައިނޭންސިންގ ފެސިލިޓީއަކީ ރާއްޖޭގެ ހުނަރުވެރި ޒުވާނުންގެ ބައިވެރިވުން ހިމެނޭ ވިޔަފާރި ހިޔާލުތައް ހަގީގަތަކަށް ބަދަލުކޮށްލުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ މުހިންމު ފައިނޭންސިންގއެކެވެ.
މި ފައިނޭންސިންގ ފެސިލިޓީ ހާއްސަކޮށްފައިވަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ އުމުރުފުރައިގެ ޒުވާނުންނަށެވެ. މި ދާއިރާގެ ދަށުން އެއްވެސް ހަރަދެއް އަމިއްލަ އަތުން ކުރަން ނުޖހި އަދި އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އަދި އަހަރަކަށް 7 އިންސައްތައިގެ ފައިދާ ރޭޓެއްގައި ދޫކުރާ މި ފައިނޭންސިންގ އަނބުރާ ދެއްކުމަށް 6 މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ޖުމްލަ 5 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ފިޔަވަހީގެ ދަށުން ފައިނޭންސަށް އެދި ހުށަހެޅުމުގެ ކުރިން، ވިޔަފާރީގެ މާލީ ހިސާބުތައް ބަލަހައްޓާނެ ގޮތް ޒުވާނުންނަށް ދަސްކޮށްދިނުމަށާއި ފައިނޭންސިންގ އެހީތެރިކަމާއެކު ވިޔަފާރި ހިންގުމުގައި ސަމާލުކަން ދޭންޖހޭ މުހިންމު ކަންކަމަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި އޮންލައިންކޮށް ފުރިހަމަކުރަންޖެހޭ މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ވަނީ ތައްޔާރުކޮށްފައެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން ކޮންމެ ބައިވެރިއަކުވެސް މި ޕްރޮގްރާމް ފުރިހަމަކުރަންޖެހޭއިރު، އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ޕްރޮގްރާމް ނިންމުމަށްފަހު މި ފިޔަވައްސަށް ކަނޑައަޅާފައިވާ ޖުމްލަ ފައިނޭންސިންގެ އަދަދު ހަމަވަންދެން ބީއެމްއެލް ސްވައިޕް އެޕް ބޭނުންކޮށްގެން އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
މި ކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ އަލަށް ތައާރަފު ކުރި މި ފައިނޭންސިންގެ ފުރަތަމަ ފިޔަވައްސަށް އުއްމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި، އޭގެއިން މިފަދަ ފުރުސަތުތަކަށް ޒުވާނުން ނުހަނު ބޭނުންވެފައި ތިބިކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލިއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000 އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ ފައިނޭންސިންގ ވަނީ ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު