ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވަމުން އަންނަ، އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު ދެވަނަ ފަހަރަށް ކިޑްނީ ޓްރާންސްޕްލާންޓެއް ހަދަންޖެހި، ޑޯނާއެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އެވިޑް ކޮލެޖުގެ ޗެއާމަން މުސްތާގުގެ ދެ ކިޑްނީ އެންމެ ފުރަތަމަ ފެއިލްވުމުން 2011 ވަނަ އަހަރު ސްރީލަންކާއިން ކިޑްނީ ޓްރާންސްޕްލާންޓެއް ހެއްދެވި ނަމަވެސް، އެ ކިޑްނީ ވަރަށް ބޮޑަށް "ވީކް" ވަމުންދާތީ އިތުރު ޓެސްޓުތައް ހެދުމަށް އޭނާ މިހާރު ހުންނެވީ ތައިލެންޑުގެ ބެންކޮކުގައެވެ.
ބެންކޮކް ހޮސްޕިޓަލުން ހެދި ޓެސްޓުތަކަށް ފަހު ޑޮކްޓަރުން ވަނީ އޭނާއަށް "ރީނަލް ކިޑްނީ ފެއިލިއާ" ވެފައިވާ ކަމަށް ނިންމައި، ވަގުތުން ޑައިލިސިސް ހަދަން ފަށާފައެވެ. ބަލި މާބޮޑުވެ ހާލަތު ދަށްވުމުގެ ސަބަބުން އޭނާގެ ބަރުދަން 59 ކިލޯއިން 49 ކިލޯއަށް ވެއްޓިފައިވާއިރު، ހަށިގަނޑު އެއްކޮށް ބަލިކަށި ނުވަނީސް ވީހާވެސް އަވަހަކަށް ދެވަނަ ޓްރާންސްޕްލާންޓެއް ކުރުމަށް ޑޮކްޓަރުން ވަނީ ލަފާދެއްވާފައެވެ.
ފަރުވާއަށް ތައިލެންޑުގެ ބެންކޮކުގައި ހުންނެވި މުސްތާގު ރާއްޖޭގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޭނާގެ ފުރާނަ ސަލާމަތްކުރެވެން އޮތީ އަވަހަށް ދެވަނަ ކިޑްނީ ޓްރާންސްޕްލާންޓެއް ކޮށްގެން ކަމަށެވެ.
ތިން އަންހެން ދަރިންގެ ބައްޕައެއް ކަމަށްވާ މުސްތާގު ވިދާޅުވީ، އާއިލާގެ ހުރިހާ މެމްބަރުން ވެސް ކިޑްނީ ދޭން ތިއްބެވި ނަމަވެސް، ސިއްހީ ސަބަބުތަކާ ހުރެ އާއިލާގެ ތެރެއިން ޑޯނާއެއް ހޯދުމަށް މިވަގުތު ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ކިޑްނީއެއް ލިބި، ވީ އެންމެ އަވަހަކަށް ޓްރާންސްޕްލާންޓް ހެދުމަކީ މިވަގުތު އޭނާއަށް އެންމެ ބޭނުންވެފައިވާ ކަން ކަމަށް ވެސް މުސްތާގު ވިދާޅުވިއެވެ.
އެވިޑް ކޮލެޖު އުފައްދަވައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ ކޮލެޖުގެ ޚިދުމަތްތައް ފުޅާކުރެއްވުމުގައި މުސްތާގު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. މީގެއިތުރުން، އޭނާއަކީ ރާއްޖޭގެ ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަންގެ ހަޒާންދާރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު