ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިގުތިސާދީ ގޮތުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން މިއަހަރުގެ ޝަރަފުވެރި "ރިވެލި އެވޯޑް" ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބިއްޖެއެވެ.
މި އެވޯޑަކީ މުޖުތަމައުގެ އެންމެހައި ފަރުދުންގެ ބައިވެރިވުން ހިމެނޭހެން ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށާއި، އެންމެންނަށް ފަހި އަދި ޝާމިލު ވެއްޓެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތައް ގައުމީ ފެންވަރުގައި ބަލައިގަނެ، ސަރުކާރުން ދެއްވަމުން ގެންދަވާ ޚާއްސަ އިނާމެކެވެ.
އެޗްޑީސީން އަބަދުވެސް އަންނަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ހުނަރު އިތުރުކުރުމުގެ ތަމްރީނުތައް ފޯރުކޮށްދިނުމާއެކު، ހަމަހަމަ އަދި އެކަށޭނަ މަސައްކަތުގެ މާހައުލެއް ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މިހާރުވެސް އެ ކޯޕަރޭޝަންގެ ތަފާތު އެކި ދާއިރާތަކުގައި ނުކުޅެދުންތެރިކަން ހުންނަ ސާޅީސް ހަ މުވައްޒަފަކު ޚިދުމަތްކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން، ކުންފުނީގެ ނިންމުންތަކާއި މަސައްކަތްތަކުގައި އެފަދަ ފަރާތްތަކުގެ ބައިވެރިވުމާއި އަޑު އިއްވުމަށް މަގުފަހިކުރުމުގެ ގޮތުން، "ޕީޑަބްލިޔުޑީ އެމްބެސެޑަރުން"ގެ ގޮތުގައި ދެ މުވައްޒަފަކު ވަނީ ހަމަޖައްސާފައެވެ. އަދި އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލު ހޯދައިދިނުމަށް ވެސް ކުންފުނިން ޚާއްސަ އިސްކަމެއް ދެއެވެ.
މަސައްކަތުގެ މާހައުލަކީ އެންމެންނަށްވެސް ފަސޭހަކަމާއެކު ވާސިލުވެވޭނެ ތަނަކަށް ހެދުމަށްޓަކައި އެޗްޑީސީގެ އޮފީސް އިމާރާތަށް ޒަމާނީ ބަދަލުތައް ގެނެސްފައިވާއިރު، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރާ ސަލާމަތީ ނިޒާމުތައް ވަނީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނާއި ޚިދުމަތް ހޯދާ ފަރާތްތަކަށްވެސް ފަސޭހައިން އިންޒާރު ލިބޭނޭހެން ފަރުމާކޮށްފައެވެ. ހަމައެއާއެކު، ހުޅުމާލޭގެ މާސްޓަރ ޕްލޭނާއި ތަރައްގީގެ އެކިއެކި މަޝްރޫއުތައް އެކުލަވައިލުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޭނުންތަކަށް އިސްކަންދީ، މަގުތަކާއި އާންމު ޕާކުތައް އަދި އިމާރާތްތަކަކީ އެއްވެސް ހުރަހެއްނެތި އެންމެންނަށްވެސް ބޭނުންކުރެވޭނެ ވަސީލަތްތަކެއްގެ ގޮތުގައި ތަރައްގީކުރުމަށް އެޗްޑީސީން އަބަދުވެސް ބާރުއަޅައެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، މި އެވޯޑު ލިބިގެންދިޔުމަކީ ހުޅުމާލެއަކީ އެންމެންގެ ބައިވެރިވުން ހިމެނޭ، ފަސޭހަ އަދި އެކުވެރި މާހައުލަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ހިތްވަރެކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މުޖުތަމައުގެ އެއްބާރުލުމާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިގުތިސާދީ ގޮތުން ބާރުވެރިކުރުވައި، ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމުގައި އެ ކޯޕަރޭޝަން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެޗްޑީސީން ވަނީ އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު