ސީ ޓު އެއާ ކާގޯގެ ހިދުމަތުގެ ތެރެއިން ޝިޕްމަންޓެއް ލޯޑުކުރަނީ--
ސީ ޓު އެއާ ކާގޯގެ ހިދުމަތުގެ ތެރެއިން ޝިޕްމަންޓެއް ލޯޑުކުރަނީ--
ސީ ޓު އެއާ ކާގޯ މެދުވެރިކޮށް މިދިޔަ މަހު ރާއްޖެއިން ބޭރަށް 88 ޓަނުގެ މުދާ ފޮނުވައިފިއެވެ.

އެމްޕީއެލްއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން ސީ ޓު އެއާ ކާގޯ މެދުވެރިކޮށް ފަސް ގައުމަކަށް މުދާ ފޮނުވިއެވެ. އޭގެ ތެރޭގައި އެމެެރިކާ، ތުރުކީ، އަދި ސްވީޑަން ހިމެނެއެވެ.

އެގޮތުން 17 ކޮންޓޭނަރުގެ މުދާ އެކި ގައުމުތަކަށް ފޮނުވިއިރު އެ ޝިޕްމަންޓްތައް ފޮނުވީ ގަތަރު އެއާވޭސް، ސުވިސް އެއާލައިން އަދި ޓާކިޝް އެއާލައިންއިންއެވެ.

ސީޓުއެއާ ކާގޯގެ ހިދުމަތް ފެށިފަހުން އެކަމަށް ލިބޭ ތަރުހީބު ބޮޑުވެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ބަނގުލަދޭޝްގައު އުފައްދާ ގާމަންޓްތަކުގެ ޝިޕްމަންޓްތައް އުފުލުމަށް ވެސް އެ ހިދުމަތް ހޯދަމުން ދެއެެވެ.

އެ ހިދުމަތުުން ރާއްޖެއަށް ލިބެމުންދާ އާމްދަނީ އިތުރުވަމުންދާއިރު ސީޓު ކާގޯގެ ހިދުމަތާ ގުޅިފައިވާ މަޝްހޫރު އެއާލަންތަކުގެ ތެރޭގައި ބްރިޓިޝް އެއާވޭސް އަދި އެމިރޭޓްސްވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް