ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ހިނގަމުންދާ ޚަރަދުތައް ކަނޑައެޅޭ ވަކި މިންވަރެއްގައި ހިފަހައްޓައި، މާލީ އިސްލާހީ ފިޔަވަޅުތައް އަވަހަށް ތަންފީޒުކުރުމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ސަރުކާރަށް އިލްތިމާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2027 ވަނަ އަހަރުގެ 59.7 ބިލިޔަން ރުފިޔާގެ ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭއިން ދިން ލަފާގައި ފާހަގަކޮށްފައިވަނީ، އަންނަ އަހަރުގެ ބަޖެޓު 9.4 ބިލިޔަން ރުފިޔާއިން ޑެފިސިޓްވާނެ ކަމަށް ލަފާކުރެވޭތީ، ޚަރަދު ކުޑަކުރުމުގެ ހަރުދަނާ ސިޔާސަތުތަކެއް ވަގުތުން ތަންފީޒުކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން އެންމެންނަށް އެއްވަރަކަށް ދޭ ސަބްސިޑީގެ ބަދަލުގައި، ހައްޤުވެރިންނަށް އެކަނި ދޭ ޓާގެޓަޑް ސަބްސިޑީއަށް ބަދަލުކުރުމާއި، އާސަންދައިގެ "ކޯޕޭ" ނިޒާމާއި ބަލްކް ޕްރޮކިއުމަންޓުގެ މަސައްކަތް ލަސްނުކޮށް ފެށުމަކީ މުހިންމު ކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށާއި ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށްޓަކައި، ބޭރު ފައިސާއިން ކުރާ ޚަރަދުތައް ކޮންޓްރޯލްކުރުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ. އަދި ބޭރުގެ ދަރަނި އަދާކުރެވޭ މިންވަރަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސްޑީއެފް) ގަވާއިދުން ފައިސާ ޖަމާކުރުމަކީ އެކްސްޗޭންޖް ރޭޓް އެއްވަރެއްގައި ހިފެހެއްޓުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށް އެ އޮތޯރިޓީން ފާހަގަކުރިއެވެ.
އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓޫރިޒަމް ދާއިރާއިން ލިބޭ ޓެކްސް އިތުރުކުރުމަށާއި، ކަސްޓަމްސްއިން ނުލިބި ހުރި ފައިސާތައް ހޯދުމަށް އެ އިދާރާގެ ރެވެނިއު އެޑްމިނިސްޓްރޭޝަން މެންޑޭޓް ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނައުމަށް ވަނީ ލަފާދީފައެވެ. ހަމައެއާއެކު، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރާ 771 މިލިޔަން ރުފިޔާ ހޯދުމަށް އިދާރާތައް ގުޅިގެން މަސައްކަތް ކުރުމަށާއި، ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް އިޤްތިޞާދު ސިންދަފާތުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރިއެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކާ ގުޅޭގޮތުން އެމްއެމްއޭއިން އެދިފައިވަނީ، މިހާރު ހިނގަމުންދާ މަޝްރޫޢުތަކަށް އިސްކަންދީ، އަލަށް ފަށާ މަޝްރޫއުތައް ފައިސާ ހަމަޖެހޭ މިންވަރަކުން ތަރުތީބުކޮށްގެން ކުރިއަށް ގެންދިއުމަށެވެ. އަދި މިފަދަ މަޝްރޫއުތަކަށް ލުއި ލޯނާއި ތިމާވެއްޓާ ރައްޓެހި ގްރީން ފައިނޭންސިންގ ހޯދުމަށާއި، އެތެރޭގެ ބޭންކުތަކުން މާލީ ސެކިއުރިޓީސް މެދުވެރިކޮށް ދަރަނި ނެގުމަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު